ރައީސްގެ ތުރުކީ-ދުބާއީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ

ތުރުކީ ދަތުރުފުޅަށް ހަރަދު ކުރެއްވީ 259،376.80 ރުފިޔާ އެވެ. ދުބާއީ ދަތުރުފުޅުގެ ހަރަދަކީ 775،232.71 ރުފިޔާ އެވެ. މުޅި ދަތުރަށް ހަރަދު ކުރެއްވީ 3،489،165.12 ރުފިޔާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ދިވެހި ދައުލަތުގެ ބަޖެޓުން ކުރި ހަރަދުގެ ތަފްސީލް މިއަދު ހާމަކޮށްފި އެވެ. ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ރައީސް ވަޑައިގެންފައި ވަނީ ތުރުކީ އަށެވެ. އެ ގައުމުން ދުބާއީ އަށް ވެސް ވަޑައިގަތެވެ.

ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް، ދަތުރުފުޅު ނިންމަވާލާތާ 15 ދުވަސް ތެރޭގައި ހާމަކުރައްވަން ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ތުރުކީއަށެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ތުރުކީއަށް ވަޑައިގެންނެވީ އެގައުމުގެ ރައީސް ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންގެ ދައުވަތަކަށެވެ.

އޭގެ ފަހުން ތުރުކީ އިން އެމަނިކުފާނު ވަނީ ދުބާއީއަށް ވަޑައިގެންފަ އެވެ. ދުބާއީއަށް ވަޑައިގެންނެވީ ކޮޕް-28 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މިއީ ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ބައިނަލްއަގުވާމީ ސަމިޓް / ކޮންފަރެންސެވެ. 

  •  ޓިކެޓް ހަރަދު: 2،454،555.60 ރުފިޔާ
  •  ތުރުކީ ދަތުރުގެ ހަރަދު: 259،376.80 ރުފިޔާ
  •  ދުބާއީ ދަތުރު ހަރަދު: 775،232.71 ރުފިޔާ
  •  މުޅި ޖުމްލަ ހަރަދު: 3،489،165.12 ރުފިޔާ
ރައީސްގެ ދެކަނބަލުން ތުރުކީއަށް ފުރާވަޑައިގަތުން: ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު މިއަދު ވަނީ ހާމަ ކުރައްވާފައި --

ރައީސް އޮފީހުން ހާމަކުރި މައުލޫމާތުން ބުނާ ގޮތުން މާލެ-ތުރުކީ ދުބާއީ-މާލެ ދަތުރުފުޅަށް ފަސްޓް ކްލާހުން ހަތަރު ޓިކެޓް ނެންގެވި އެވެ. ބިޒްނަސް ކްލާހުން 12 ޓިކެޓް އަދި އިކޮނޮމީ ކްލާހުން 12 ޓިކެޓް ނަގާފައިވެ އެވެ.

  •  ފަސްޓް ކްލާސް ހަތަރު ޓިކެޓް - 683،229.36 ރުފިޔާ
  •  ބިޒްނަސް ކްލާސް 12 ޓިކެޓް - 1،539،239.82 ރުފިޔާ
  •  އިކޮނޮމީ ކްލާސް 12 ޓިކެޓް - 232،086.42 ރުފިޔާ
  •  ޓިކެޓަށް މުޅި ޖުމްލަ - 2،454،555.60 ރުފިޔާ

ތުރުކީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި 22 ބޭފުޅުންނަށް ޕޮކެޓް މަނީގެ ގޮތުގައި 217،828 ރުފިޔާ އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 41،548.80 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ތުރުކީ ގައި ރައީސްގެ ވަފުދުގެ ބޭފުޅުންނަށް އެކޮމޮޑޭޝަނާއި ފަރިއްކޮޅު ހަރަދާއި އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސަވައި ދެއްވީ އެ ގައުމުގެ ސަރުކާރުން ކަމަށާ އިސްތަންބުލް-އަންކާރާ-އިސްތަންބުލްގެ ފްލައިޓް ދަތުރު ހަމަޖައްސައި ދެއްވީ ވެސް ތުރުކީ ސަރުކާރުން ކަމަށެވެ.

ދުބާއީ ދަތުރުގެ ހަރަދު ތަފްސީލް:

  • ޕޮކެޓް މަނީ (19 ބޭފުޅުން) - 182،546 ރުފިޔާ
  • ފަރިއްކޮޅު ހަރަދު (19 ބޭފުޅުން) - 145،944.76 ރުފިޔާ
  • އެތެރޭގެ ދަތުރުގެ ހަރަދު - 75،488.38 ރުފިޔާ
  • އެކޮމޮޑޭޝަން ހަރަދު - (ނުވަ ބޭފުޅުން) - 168،892.06 ރުފިޔާ
  • ސިމްކާޑު ހަރަދު - 26،412.59 ރުފިޔާ
  • ދުބާއީ ގައި ދިވެހީންނާއި ބައްދަލު ކުރުން - 155،182.21 ރުފިޔާ
  • އިންސިޑެންޓަލް ހަރަދު - 20،766.72 ރުފިޔާ

ދުބާއީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި 10 ބޭފުޅެއްގެ އެކޮމެޑޭޝަން އާއި ފަރިއްކޮޅު ހަރަދު ހަމަޖެއްސެވީ އެ ގައުމުގެ ސަރުކާރުން ކަމަށް ވެސް ރަައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.