ހިލޭ ބޯންމެރޯގެ ފުރުސަތު: ފުރަތަމަ ކުއްޖާ މިއަދު ފުރައިފި

"އަދި، ތެލަސީމިއާ ފަރުވާ ބޭނުންވާ ފަރާތްތަކަށް، މި ފަރުވާ ރާއްޖޭގަ ތިބެގެން ފަސޭހައިން ފަރުވާ ލިބޭނެ މަގުފަހިކުރުމަށްޓަކައި ހޮސްޕިޓަލް ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށި، ކުރެވެމުން އެބަ ދޭ،" ފިރުޒުލް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު ނޫސްވެެރީންނަށް މައުލޫމާތު ދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރަން މަގުފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަދު ފުރަތަމަ ކުއްޖާ ރާއްޖޭން ބޭރަށް ފުރައިފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ހަފްތާ 14 އިގެ ތެރޭގައި ފުރަތަމަ ހަތަރު ހަފްތާގައި ކުރަން ނިންމާފައިވާ ހުރިހާ ކަމެއްގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި، ތެލަސީމިއާ ކުދިން އެކަމުން ސަލާމަތްވާން ދޭ ފަރުވާ ކަމަށްވާ ބޯންމެރޯ، ސަރުކާރުގެ ހަރަދުގައި ހިލޭ ހަދައިދޭން ރައީސް ވެވަޑައިގަތް ވައުދު ހިމެނެ އެވެ. ހިލޭ ބޯންމެރޯ ހެދޭ ގޮތަށް ކެބިނެޓުން ފާސްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.

ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ވެސް ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދަން އިތުރު ކުއްޖަކު ރާއްޖޭން ބޭރަށް ފުރާނެ ކަމަށެވެ. 

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން މިވަގުތު 40 ކުދިން ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް އެދިފައިވާ ކަމަށް ފިރުޒުލް މިއަދު ވަނީ ވިދާޅުވެފަ އެވެ.

"އަދި، ތެލަސީމިއާ ފަރުވާ ބޭނުންވާ ފަރާތްތަކަށް، މި ފަރުވާ ރާއްޖޭގަ ތިބެގެން ފަސޭހައިން ފަރުވާ ލިބޭނެ މަގުފަހިކުރުމަށްޓަކައި ހޮސްޕިޓަލް ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށި، ކުރެވެމުން އެބަ ދޭ،" ފިރުޒުލް ވިދާޅުވި އެވެ. 

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ފިރުޒުލް ވިދާޅުވެފައި ވަނީ، ތެލަސީމިއާ ފަރުވާއަށް ވަށައިޖެހޭ ހިދުމަތް ލިބޭ ހޮސްޕިޓަލެއް ހަދައި، ރަށްރަށުން އަންނަ މީހުންނަށް ވެސް އެތަނުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. 

އަދި، މެދު ރާސްތާގައި އާސަންދައިން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ޓެސްޓްތައް ހެދުމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ވެސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ބޭހާއި ކޮންސިއުމަބްލްސް ލިބެ އެވެ. އެކަމަކު އެތަކެތި ހޯދަން ޖެހެނީ މޯލްޑިވްސް ބްލަޑް ސާވިސް މެދުވެރިކޮށް ކަމަށްވާތީ، މި ތަކެތި ހޯދުމުގައި ލަސްތަކެއް އުޅެ އެވެ.

ކުރިއަށް އޮތް ތަނުގައި އެ ސާމާނު އެސްޓީއޯ އިން އާސަންދަ މެދުވެރިކޮށް ލިބޭ އެއްޗެހީގެ ގޮތުގައި ހަމަޖައްސައި ކޮންމެ ބޭސްފިހާރަޔަކުން ވެސް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ކެބިނެޓުން އޮތީ ނިންމާފަ އެވެ.

ކޮމެންޓް

1
450
ލުބުނާ
8 months ago

ވައުދުތައް ފުރިހަމަ ކުރަމުންދާން ފެށިޟަ ވަރަށް އުފާވެރި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.