ގޭސް މުވައްޒަފުންގެ ކޯޕަރޭޓް ޔުނީފޯމްގައި ގައުމީ ދިދަ ހިމަނައިފި

ސަރުކާރުގެ މައި ވިޔަފާރި އޮންނަ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސް އުފައްދާފައި ވަނީ އޮކްޓޯބަރު 3، 1999 ވަނަ އަހަރުގަ އެވެ.

ގޭސް ކުންފުނިން މިއަދު ވަނީ އެ ކުންފުނީގެ ކޯޕަރޭޓް ޔުނިފޯމްގައި ދިވެހި ދިދަ ބޭނުން ކުރަން ފަށާފައި

މޯލްޑިވް ގޭސް ކުންފުނީގެ މުވައްޒަފުން ކޯޕަރޭޓް ޔުނީފޯމްގެ ގޮތުގައި ބޭނުން ކުރާ ޓީޝާޓްގައި ދިވެހި ދިދަ ބޭނުން ކުރަން ނިންމައިފި އެވެ. 

ގޭސް ކުންފުނިން މިއަދު ވަނީ އެތެރޭގެ ކުޑަ ހަފުލާއެއް ބާއްވާ އެ ކުންފުނީގެ މުވައްޒަފުން ބޭނުން ކުރާ ކޯޕަރޭޓް ޔުނީފޯމް ޓީޝާޓްގެ ކަނާތުގެ އަތު ކުރީގައި ދިވެހި ދިދަ ހިމަނައިގެން އެ ޓީޝާޓް ބޭނުން ކުރަން ވެސް ފަށާފަ އެވެ. 

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ގޭސް ކުންފުނީގެ މުވައްޒަފުން ބޭނުން ކުރާ ކޯޕަރޭޓް ޓީޝާޓްތަކުގައި ދިވެހި ގައުމީ ދިދަ ބޭނުން ކުރަން މިއަދު ފެށި ނަމަވެސް ފުރަތަމަ ދިދަ ހިމަނާފައި ވަނީ އިދާރީ މުވައްޒަފުންގެ ޓީޝާޓްތަކުގައި ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ކުންފުނީގައި ހިމެނޭ ހުރިހާ މުވައްޒަފުންގެ ޓީޝާޓްގައި ވެސް ދިދަ ހިމަނާނެ ކަމަށެވެ. 

މި ބަދަލު ގެނައި އިރު އެ ކުންފުނީގެ އާ އެމްޑީ އަބްދުﷲ މުހައްމަދު (މަދަނީ) ވަޑައިގެން ވަނީ އެ ކުންފުނީގެ ހުރިހާ ސައިޓެއްގައި ކޮންމެ ދުވަހަކު ހެނދުނު މަސައްކަތް ފަށާއިރު ކީރިތި ގުރުއާނާއި ގައުމީ ސަލާމް ކިޔާ ގޮތަށް ހަމަޖައްސައި އެކަން ތަންފީޒު ކުރަން ފަށާފަ އެވެ. 

އެމްޑީ، މަދަނީ އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ގައުމީ ތަސައްވުރެއް އެބައޮތެވެ. އެކަން ތަންފީޒު ކުރުމަކީ ސުކޫލްތަކާއި ވަކި ފަރުދުންނާއި ވަކި ޖަމާއަތަކަށް އޮތް ކަމެއް ނޫނެވެ. އެއީ މުޅި ގައުމަށާއ އެންމެނަށް ވެސް އޮތް ކަމެކެވެ.

"ރައީސް ޑރ. މުއިއްޒުގެ ގައުމީ ތަސައްވުރެއް އެބައޮތް. އެއީކީ ވަކި ބަޔަކަށް އޮތް ތަސައްވުރެއް ނޫން. އެއީ މުޅި ގައުމަށް އޮތް ތަސައްވުރެއް. އެ ތަސައްވަރު ފުރިހަމަ ކޮށްދިނުމުގައި މޯލްޑިވް ގޭސް ވާނީ އިސް ނަގާ ކުންފުންޏަށް. އެހެންވީމަ، އަޅުގަނޑު އެދުނީ ކޮންމެ ދުވަހަކު ވެސް މޯލްޑިވް ގޭސްގެ މަސައްކަތް ކުރާ ހުރިހާ ތަނެއްގައި ވެސް މަސައްކަތް ފަށާއިރު، ކީރިތި ގުރުއާންގެ ބަރަކާތުން، އަދި އެއަށް ފަހު ގައުމީ ސަލާމުން މަސައްކަތް ފަށަން... އަދި މުވައްޒަފުން ބޭނުން ކުރާ ޓީޝާޓުގައި ވެސް ދިވެހި ދިދަ ހިމަނަން... ގައުމީ ޖޯޝާއެކު ގައުމީ ހިދުމަތުގައި ތިބުން އޭއީ ބޭނުމަކީ،" މަދަނީ އަބްދުﷲ ވިދާޅުވި އެވެ.

ސަރުކާރުގެ މައި ވިޔަފާރި އޮންނަ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސް އުފައްދާފައި ވަނީ އޮކްޓޯބަރު 3، 1999 ވަނަ އަހަރުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.