ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑު ކުރަނީ، އަދިވެސް ތާރީހެއް ނެތް

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ފެބްރުއަރީ 3، 2022 ގައި އިއްވެވި ރިޔާސީ ބަޔާނުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތް ބޮޑުކޮށްދޭން ނިންމާފައިވާ ކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

"ވިޔަވަތި ރާއްޖެ" ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކޮށް ދިނުމަކީ އެފަދަ ކުދީން މީހުން ދޭތެރެ ދޭތެރެއިން ހުށައަޅާ ކަމެއް ކަމަށެވެ. އެ މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ގޮތުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށާ އެ މަސައްކަތް ނިމުމާއެކު ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރުމުގެ ވާހަކަ އަކީ ހަމަ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން [ނުކުޅެދުންތެރިކަން ހުންނަ މީހުން] ބައްދަލު ކުރައްވައި ހުށަހަޅުއްވާ ކަމެއް. މިހާރު ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް އެ ގެންދަނީ. އިރާދަ ކުރެއްވިއްޔާ އެކަން ނިމުމާ އެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑު ކޮށް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ޑިސެންބަރު 16، 2021 ގައި ރައީސް ސޯލިހް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބައްދަލު ކުރައްވާފައި

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ފެބްރުއަރީ 3، 2022 ގައި އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތް ބޮޑު ކޮށް ދޭން ނިންމާފައިވާ ކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.

ނަމަވެސް އޭގެ ފަހުން ހަތް މަސް ވެެގެން ދިޔައިރުވެސް އެކަމުގެ ތަފްސީލެއް ސަރުކާރަކުން ނުދެ އެވެ. ރައީސް ސޯލިހް އެ ދުވަހު ވެސް ވިދާޅުވީ މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ އަދަދާ ތަފްސީލް އެނގޭ ގައުމީ ދަފްތަރެއް ނެތް ކަމަށާ އެފަދަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އެ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ހިދުމަތްތަށް ފޯރު ކޮށްދިނުމަށް އޮތް ވަސީލަތަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ދަފްތަރު ނިންމާ އަހަރުގެ ފަހު ކުއާޓާގާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ އިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނު ކުރެއްވި ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ވިދާޅެއް ނުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ދައުލަތުން މިހާރު ދެނީ މަހަކު 2،000 ރ. ގެ އިނާޔަތެކެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު 16 ގައި ވެސް ރައީސް ސޯލިހާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުން ވަނީ ބައްދަލުވުމެއް ބާއްވަވާ އިނާޔަތް ބޮޑު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.