ފަސްޓް ލޭޑީގެ މައްސަލަ ވެއްދީ ޒާތީ ވެގެން ކަމަށް ސިފަކޮށްފި

މި މައްސަލާގައި ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރާއިރު ހަމަ މި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަން މަޖިލީހަށް ހާޒިރު ކުރި އެވެ.

އުނގޫފާރު ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ)

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދުގެ ވަޒީފާއާ ގުޅޭ ގޮތުން އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައަކީ ޒާތީވެ ހުށަހެޅި ދިމާ ކޮށްލުމެއް ގޮތު ޑިމޮކްރެޓްސްގެ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ މަދުން މެންބަރުންކޮޅު ސިފަ ކުރައްވައިފި އެވެ. 

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީން) ފަސްޓް ލޭޑީ ސާޖިދާއަށް ތަފާުތު ހާއްސަ ގޮތެއް ހަދައިދީފައިވާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދީ ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. 

އެ މައްސަލަ ބަލައިގަނެ ބަހުސް ކުރި އިރު އެއީ ޒާތީ ގޮތުން ދިމާ ކޮށްލުމެއްގެ ގޮތުގައި ސިފަކޮށް ވާހަކަފުޅު ދެއްކެވީ ކޮންގްރެސް ޕާޓީ އާއި ޕީޕީއަމަށް ނިސްބަތްވާ މަދު މެންބަރުކޮޅާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުންނެވެ. 

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ރާއްޖޭގެ ފަސްޓް ލޭޑީއާ ދިމާ ކޮށްލާފައިވާ ކަމަށާއި އޭގެ ސަބަބެއް ވިސްނި ވަޑައި ނުގެންނެވި ކަމަށެވެ.

"ކުއްލިއަކަށް މިއީ ކުއްލި މައްސަލައަކަށް ވެގެން މަޖިލީހުގެ ތަޅުމަށް އައުމާއި ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްގެން ބަހުސެއް ކުރަންޖެހޭ ކަމެއް ކަމުގައި ފެނިގެން ފެނިގެން ކުއްލި މައްސަލައެއް ގޮތުގައި އަނެއްކާ މި މައްސަލަ ލައިގެން ކުރިއަށް ގެންދަންވީ ސަބަބު އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ،" އީވާ ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ އެމްޑީޕީ އެކަމަނާގެ މައްސަލަ ހުށަހެޅީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިންނަވާ ބޭފުޅަކު ކަމަށާއި އެކަން އެ ކޮމިޓީއަށް ހުށަހަޅައިގެން ބެލޭނެ ކަމަށެވެ. އަދި ވިދާޅުވީ ފަސްޓް ލޭޑީ، ސާޖިދާ އަކީ ރާއްޖޭގައި ތަޖުރިބާކާރުން މަދު ދާއިރާއަކުން ތައުލީމު ހާސިލު ކުރައްވައިގެން އިންނެވި ބޭފުޅަކަށް ވާއިރު އެކަމަނާ ގައުމަށް ހިދުމަތް ކުރައްވަން ބޭނުންފުޅު ވާނަމަ އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ކޮމެޓީގައި މިކަން ހިނގާފައިވާ ގޮތެއް ނުވަތަ މީގެ ހައްލަކަށް ވާހަކަ ދެކެވޭނެހެން،" ވައްޑޭ ވިދާޅުވި އެވެ. "މާއިރާ މި ތަނަށް ގެނެސް އެ ބޭފުޅާއާ ބެހޭ ގޮތުން ލަވަބާޒީ ކުރާ އުސޫލުން މި ތަނުގައި ވާހަކަ ދެއްކުން މިއީ އަޅުގަނޑަށް ހީވަނީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްހެން،"

އެމްޑީޕީގައި ހުންނެވުމަށް ފަހު ކޮންގްރެސް ޕާޓީއާ ގުޅި ވަޑައިގެން އެ ޕާޓީގެ ޕީޖީ ލީޑަރުކަން ފުރުއްވަވާ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، މި މައްސަލައަށް ބަހުސް ކުރައްވަނީ އިހުލާސްތެރި ނިޔަތް ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ފުރައްސާރަކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ފަސްޓް ލޭޑީ ސާޖިދާ ވަނީ އެ ކަމަނާ އަދާ ކުރައްވަމުން ގެންދެވި ސީއެސްސީގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވާފަ އެވެ. 

އެކަމަކު، އޭގެ ފަހުން ސިއްހީ ވުޒާރާއާ އެ ކަމަނާ ވަޒީފާ އަދާކުރައްވަމުން ގެންދެވި އެމްއެފްއެންޑީއޭގެ އެދުމަށް ކޮންޓްރެކްޓު އުސޫލުން ވަޒީފާ އަދާ ކުރައްވަން އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމާއެކު އެ ކަމަނާ މަހަކު މަސައްކަތް ކުރައްވަނީ 40 ގަޑިއިރެވެ. އެކަމަނާ ބޭނުންފުޅުވެޑައި ނުގެންނެވި ނަމަވެސް ގާނޫނުން ލާޒިމުކުރާތީ ގަޑިއިރަކަށް 75ރ. އުޖޫރައެއް ދޭން ނިންމާފައި ވެއެވެ. 

އެމްޑީޕީން ބުނަނީ ސީއެސްސީން އަމަލުކުރަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ތުހުމަތު ކުރަނީ އެ ހުއްދަ ސާޖިދާއަށް ދިނީ ނުފޫޒާއި ބާރުން ކަމަށެވެ. މެންބަރު ޔައުގޫބް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސާޖިދާއަށް ހާއްސަކޮށް ނިންމަވާފައިވާ ނިންމުމަކީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށެވެ. ހެދި އެއްބަސްވުން އުވައިލަން ގޮވާލާ ކަމަށެވެ. 

މި މައްސަލާގައި ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރާއިރު ހަމަ މި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަން މަޖިލީހަށް ހާޒިރު ކުރި އެވެ. އޭރު އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ފަސްޓް ލޭޑީއަށް ހާއްސަ އުސޫލެއް ނުގެންގުޅޭ ކަމަށާއި އަމަލު ކުރީ އުސޫލަށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.