އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމް ހުޅުވާލައިފި

މި އިންޓާންޝިޕް، ޕްރޮގްރާމަކީ އެމްޕީއެލްގެ ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުވުމެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. 

އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން ފަށަން ތައްޔާރުވަމުން އަންނަ މި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވައިލާފައިވެ އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 24 އިން އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހަށެވެ.

އިންޓާންޝިޕް ޕްރޮގްރާމްގެ ދާއިރާތައް

  •  އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް
  •  ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ
  •  ކާޕެންޓްރީ
  •  ޕަވާ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް
  •  އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާވިސް – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް
  •  ގްރެފިކް ޑިޒައިނިން
  •  ކޮޕީ ރައިޓިން
  •  ސިވިލް އިންޖިނިއަރިން / ސާވޭއިން
  •  އާކިޓެކްޗަރަލް ޑްރާފްޓިން

މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ދަރިވަރަކަށް ކުމެންޓާއެއް ހަމަޖައްސައިދޭނެ އެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުންނެވެ.

މި އިންޓާންޝިޕް، ޕްރޮގްރާމަކީ އެމްޕީއެލްގެ ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.