މި މީހާ ހޯދާ އިރު އައްޑު އަތޮޅުގައި ގްރޫޕް މާރާމާރީތަކާއި ކުށަށް އަރައި ގަތުން ބޮޑުތަނުން އިތުރުވެފައި ވެއެވެ.
އައްޑޫ ސިޓީ / ސ. މަރަދޫފޭދޫ ގެއަކަށްވަދެ އެ ގޭގެ ބިއްލޫރިތައް ތަޅާލި މީހަކު ފުލުހުން ހޯދާން ފަށައިފި އެވެ.
އައްޑޫ ގަމުގެ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހާއަކީ ކާކުކަން ފުލުހުންނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ އެމީހާ ހެލްމެޓެއް އަޅައިގެން އެ ގޭތެރެއަށް ވަދެ ގާ އުކައި ބިއްލޫރިތައް ތަޅާ މަންޒަރު ފެންނަ ވީޑީއޯއެއް އާންމު ކޮށްފަ އެވެ.
ފުލުހުން ބުނެފައި ވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް އައްޑޫގެ ގަން ޕޮލިސް ސްޓޭޝަނާ ހިއްސާ ކުރަން އެދޭ ކަމަށެވެ.
މި މީހާ ހޯދާ އިރު އައްޑު އަތޮޅުގައި ގްރޫޕް މާރާމާރީތަކާއި ކުށަށް އަރައި ގަތުން ބޮޑުތަނުން އިތުރުވެފައި ވެއެވެ.