"ސިޔާސަތު ކަނޑައަޅަން ދައުރު އަދާކުރާ ބަޔަކަށް އަންހެނުން ވާންޖެހޭ"

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މިއަދު ވާހަކަފުޅު ދައްކަވަނީ

އަންހެނުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ފަސްޓް ލޭޑީ މެޑަމް، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިހެން ވިދާޅުވީ "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މީރުމާ މާލަމުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަމުން ގައުމެއް ކުރިއަށް ދިއުމުގައި އަންހެނުން ބާރުވެރި ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ވިދާޅުވީ ރާއްޖޭގައި އެކި މަސައްކަތްތަކުގައި އަދި ސިވިލް ސާވިސްގެ އެކި ވަޒީފާތަކުގައި އަންހެން ގިނަ ނަމަވެސް މަތީފަންތީގައި ލީޑްކުރުމުގައި ގިނައިން ހަރަކާތްތެރިވަނީ ފިރިހެނުން ކަމަށެވެ. އެ ކަމަނާ ވިދާޅުވީ އެކަން ބަދަލު ކުރަންޖެހޭ ކަމަށާއި ރަންހިރު ދަރުބާރުގެ ތެރެއިން، އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރަންހިރު ދަރުބާރު

  •  އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް
  •  ލޯކަލް ގަވަނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރަން
  •  އަންހެން ކައުންސިލަރުންނާއި އތމ. ކޮމިޓީތައް މަޝްވަރާކޮށް މަންސައެއް ގާއިމު ކުރުން
  •  ޖެންޑާ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން

ރަންހިރު ދަރުބާރަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުވާގޮތަށް 46 ބައިވެރިންނާއެކު ދެދުވަހަށް ހިންގާ ފޯރަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.