ފިނޭންސުން އެދިގެން ފައިސާ ޗާޕު ނުކުރެވޭ ގޮތް ހަދައިފި

މި މާއްދާ ސަސްޕެންޑްކޮށްގެން ކުރީ ސަރުކާރުން އަށް ބިލިއަން ޗާޕުކޮށްފައިވެ އެވެ. މި ފައިސާގެ ސަބަބުން ކުރިމަތިވި އެއް މައްސަލައަކީ ޑޮލަރުގެ އަގު އުފުލުމެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު މަޖިލީހުގައި -- މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުލަތް ހިންގަން ބޭނުންވާ ފައިސާ ހޯދަން ފައިސާ ޗާޕު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު މި ސަރުކާރުން ބާތިލު ކޮށް ޗާޕު ކުރުން ނިމުމަކަށް ގެނެސްފި އެވެ. 

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުން ހަރަދަށް ޒިންމާވުމުގެ މާއްދާތައް ސަސްޕެންޑްކޮށް ޕީބީއޭ އޯވަޑްރޯ ކުރުމުގެ ހުއްދަ ދިނީ ގުދުރަތީ ހާއްސަ ހާލަތެއް ކުރިމަތިވެގެން ކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނާ އެ ފަދަ ހާލަތެއް މިހާރު ކުރިމަތިވެފައި ނެތްކަމަށް ކަމަށެވެ.

"އަންނަ އަހަރު 1، ޖެނުއަރީ 2024 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އިސްތިސްނާ ކުރުން ނިމުމަކަށް ގެނެސްދެއްވައި މި ގާނޫނު ފުރިހަމައަށް އިޔާދަ ކޮށްދެއްވުން އެދެމެވެ،" ޝަފީގު ވިދާޅުވެފައިވެ އެވެ. 

އޭރުގެ ސަރުކާރުން މި މާއްދާތަށް ސަސްޕެންޑް ކުރީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓް ކަމަށް އޮތުމުންނެވެ. އެއީ ދައުލަތުގެ އާމްދަނީއިން ބަލާނަމަ ގާތްގަނޑަށް 220 މިލިއަން ރުފިޔާ އެވެ. މި ގާނޫނު އޭރު ސަސްޕެންޑް ކުރުމާއެކު މިގޮތަށް ޗާޕު ކުރާ ފައިސާ ތިން މަސްތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކާކަށް ނުޖެހޭނެ އެވެ.  

ފައިސާ ޗާޕު ކުރުން ދިޔަގޮތާއި ހެދިގޮތް

ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އޯވަޑްރޯ ކުރުން ނުވަތަ ފައިސާ ޗާޕްކުރަން ގާނޫނު ސަސްޕެންޑްކޮށްގެން ބާރު ހޯދާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވުމުގެ ސަބަބުން 26، އެޕްރީލް 2020 ގަ އެވެ. މިގޮތުން ސަސްޕެންޑް ކޮށްފައިވަނީ  ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ އަދި ބ އެވެ. 

މި ގާނޫނު ސަސްޕެންޑް ކުރި ގޮތަށް އެ މާއްދާ އިޔާދަ ކުރުމެއް ނެތި ރައީސް ސޯލިހު ސަރުކާރުން ކޮންމެ އަހަރަކު ދިޔައީ ފައިސާ ޗާޕު ކުރަމުންނެވެ. އަހަރަކު 4.4 ބިލިއަން ޗާޕު ކުރުމުގެ ބާރު ދިނެވެ. މި ހުއްދަ ހަމަވުމުން ވެސް ދެ ފަހަރެއްގެ މަތިން ކުރީ ސަރުކާރުން މުއްދަތު އިތުރު ކުރި އެވެ. އެންމެ ފަހުން 2021 ވަނަ އަހަރު މަޖިލީހުން ވަނީ ފައިސާ ޗާޕްކުރެވޭ އަދަދު 4.4 ބިލިއަން ރުފިޔާގެ ބަދަލުގައި އަހަރަކު  2.2 ބިލިއަން ރުފިޔާއާ ހަމައަށް އަށް ކުޑަކޮށްފަ އެވެ. 

އެއަށް ފަހު ވެސް ކޮންމެ އަހަރަކު އެ ހުއްދަ އިތުރުކުރި އެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެން މި ޗާޕު ކުރި ފައިސާގެ ތެރޭން 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ. މި ބަދަލު ކުރުމާއެކު އެ ފައިސާ އެމްއެމްއޭއަށް ދައްކަން ޖެހޭ މުއްދަތު ވަނީ ދިގު ވެގެން ގޮސްފަ އެވެ. 

ފަސް ވެރިކަމުގައި ފައިސާ ޗާޕު ކުރި މިންވަރު

  •  ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ 30 އަހަރު - 3.37 ބިލިއަން
  •  ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރު - 0.47 ބިލިއަން
  •  ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެ އަހަރު - 2.44 ބިލިއަން
  •  ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު - 0.02 ބިލިއަން
  •  ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު - 8 ބިލިއަން

ފައިސާ ޗާޕު ކުރުމުގެ ނަތީޖާއަކީ ކޮބާ؟

ކޮވިޑުގެ ހާލަތުގައި އާމްދަނީ ދަށްވުމުން ހޯދި އިސްތިސާގެ ބޭނުންކޮށްގެން ފައިސާ ޗާޕު ކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއްވުމެވެ. އިގްތިސޯދުގައި ދިވެހި ފައިސާ ގިނަވެ ޑޮލަރުގެ އަގު މިހާރު މައްޗަށް އެރުމުގެ އެއް ސަބަބަކީ މާހިރުންގެ ނަޒަރުގައި މި މައްސަލަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.