އިތުރު ދެ ބޭންކެއް "ފަވަރަ" އިގައި ބައިވެރިވެއްޖެ

"ފަވަރަ" އިގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ރަސްމީކޮށް މި މަސައްކަތް ބަޔަކާ ހަވާލުކުރީ 2020 ވަނަ އަހަރު އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" ގެ ހިދުމަތާ އިތުރު ދެ ބޭންކެއް ބައިވެރި ވެއްޖެ އެވެ. 



ގައުމީ ޕޭމަންޓް ސިސްޓަމަކީ ރާއްޖޭގައި ފަސޭހަކޮށް، އަވަސް އަދި ރައްކާތެރި ޕޭމަންޓް ހިދުމަތް ދޭން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ގާއިމް ކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) - "ފަވަރަ"  އެވެ. 

އަލަށް "ފަވަރަ" އިގައި ބައިވެރިވީ - "ފަވަރަ" އިގެ ހިދުމަތުގައި އަލަށް ބައިވެރިވީ ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ.
  •  ބޭންކް އޮފް ސިލޯން (ބީއޯސީ)
  •  މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
  •  ދެ ބޭންކުން ވަނީ ވާން ޖެހޭ ތައްޔާރީތައް ވެ ޓެސްޓިން ނިންމާފައި

އެމްއެމްއޭއިން ބުނީ އިއްުޔެއިން ފެށިގެން އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ އާއި ފަވަރަ ރިކްއެސްޓާއި ފަވަރަ އައިޑީ އަދި ފަވަރަ ރިކޯލް ހިމެނޭހެން "ފަވަރަ" އިގެ ހިދުމަތް ލިބޭނެ ކަމަށެވެ

ބީއޯސީ އާއި އެމްސީބީ އާއެކު މިހާރ ބީއެމްއެލް އާއި އެމްއައިބީ އާއި އެސްބީއައި ހިމެނޭހެން ފަސް ބޭންކެން މެދުވެރިކޮށް ފަވަރަގެ ހިދުމަތް ލިބެ އެވެ. 

ގައުމީ ޕޭމަންޓް ސިސްޓަމް "ފަވަރަ" އިގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ގަވަރުނަކަށް ހުންނެވީ އަހުމަދު ނަސީރެވެ. އެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އަދި ރަސްމީކޮށް މި މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ 2020 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.