ހައުސިން ގްރާންޓް ތައާރަފު ކުރީ މިދިއަ ނޮވެންބަރު މަހު އެވެ. އެއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައި ހިންގަން ނިންމި މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރޭ ހިމަނައިގެނެވެ.
ބީއެމްއެލުން މިއަހަރު ކުރީކޮޅު އިއުލާން ކުރި ހައުސިން ގްރާންޓް ލިބޭ ފަރާތްތައް އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް އެހީތެރިވާން ބޭންކުގެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅޭނެ ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދޭން ވަނީ ނިންމާފަ އެވެ. އެ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ފާހަގަކޮށް ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. ބޭންކަށް ލިބުނު ހުށަހެޅުންތައް ބެލުމަށް ފަހު ފަހު ހައުސިން ގްރާންޓް ލިބޭ ފަރާތްތައް ވަނީ ހޮވާފަ އެވެ.
ބީއެމްއެލްގެ އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ހައުސިން ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުން މުޖުތަމައަށް އެހީތެރިކަން ފޯރު ކޮށްދިނުމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ސްޓްރެޓަޖީގައި ބޮޑު އަމާޒެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮ ށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިންގ ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
ހައުސިން ގްރާންޓް ތައާރަފް ކުރީ މިދިއަ ނޮވެންބަރު މަހު އެވެ. އެއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައި ހިންގަން ނިންމި މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރޭ ހިމަނައިގެނެވެ.