ނާޒިމް އަނެއްކާވެސް ދިއްގަރު ދާއިރާއަށް ވާދަކުރައްވަނީ

މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކުރީ ދިއްގަރު ދާއިރާގެ މެމްބަރަކަށް އޭރު ހުންނެވިއިރު މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެގެންނެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު / ނައިބު ރައީސް މުހައްމަދު ނާޒިމް: އަނެއްކާ ވެސް އެ ދާއިރާއަށް ވަނީ ކުރިމަތިލައްވާފައި --

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް، އަހުމަދު ނާޒިމް އަނެއްކާ ވެސް އެ ދާއިރާއަށް ކުރިމަތިލާން ނިންމައި، ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅައިފި އެވެ.

މީގެ ކުރިން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރުކަމާއި އަދި މަޖިލީހުގެ ނައިބް ރައީސްގެ މަގާމު ފުރުއްވާފައިވާ ނާޒިމް ކުރިމަތި ލަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގަ އެވެ.

ޕީއެންސީގެ މަޖިލީސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވަން އޭނާ ވަނީ ފޯމް ހުށަހަޅާފަ އެވެ. ފޯމް ހުށަހެޅުއްވުމަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ، އަނެއްކާވެސް އެ ދާއިރާއަށް ކުރިމަތިލާން ނިންމެވީ ދެގޮތެއް ނުވެ ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުންނެވުމުގެ ބޭނުމުގައި ކަމަށެވެ.

ނާޒިމް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ. އެގޮތުން މުއިއްޒުގެ މަންމާފުޅާއި އަދި ނާޒިމްގެ ޕާއަކީ އަކީ ދެބެއިންނެވެ. 

ނާޒިމްގެ ގޮނޑި ގެއްލުން - މީގެ ކުރިން އެ ދާއިރާގެ މެމްބަރަކަށް ހުންނެވިއިރު ނާޒިމްގެ މައްޗަށް 25 އަހަރުގެ ހުކުމެއް ކޮށްފައިވެ އެވެ. މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކުރީ ދިއްގަރު ދާއިރާގެ މެމްބަރަކަށް އޭރު ހުންނެވިއިރު މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެގެންނެވެ. ނާޒިމްގެ ގޮނޑި ގެއްލުމުން އެ ގޮނޑި ފުރުއްވާފައި ވަނީ ފާރިސް މައުމޫނެވެ.

އޭގެ ފަހުން އެ ހުކުމް ރިިވިއުކޮށްދޭން 2018 ވަނަ އަހަރު ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ހުކުމް ބާތިލުކޮށް އޭނާ މިނިވަންކޮށްފަ އެވެ. 

ނާޒިމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ކުރިން ވަރަށް ގާތް ބޭފުޅެކެވެ. ނަމަވެސް، އޭނާ ޖަލަށްލާން ކުރި ހުކުމާ ގުޅިގެން ގުޅުން ކެނޑި ދެ ހަތުރުންނަށް ވަނީ ވެފަ އެވެ. އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ނާޒިމް ވަނީ އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވާފަ އެވެ. އެ މައްސަލަ ސާބިތުވެ، ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ޕީއެންސީގެ ޓިކެޓްގައި ނާޒިމް މަޖިލީހަށް ކުރިމަތިލާން ނިންމަވާފައިވާއިރު، ރައީސް މުއިއްޒާއި ޔާމީންގެ ގުޅުން ވަނީ ކެނޑިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.