"އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރަން ރާއްޖެއަށް ހުރަހެއްނެތް"

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާއިރު މިއީ ރާއްޖެއަށް އަމާޒުކޮށް އިންޑިއާއިން އަޅާފައި ފިޔަވަޅެކެވެ.

ރާއްޖޭގެ ބާޒާރުގައި މީހަކު ފިޔާބަސްތާއެއް ބޮލު ޖަހައިގެން ގެންދަނީ: އިންޑިއާއިން ވަނީ ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލާފައި

އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައިދު ވިދަޅު ވެއްޖެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަން ދޭނެ ކަމަށައި ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކި ވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށެވެ.

މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްމެ އިސްކަން ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމަށްފަހު ވެސް ބައްލަވަމުން ގެންދަވަނީ ރައްޔިތުންގެ ފްޑު ސެކިއުރިޓީ ގާއިމްކޮށް ދެއްވަން ކަމަށެވެ

"އެކަން ކާމިޔާބު ކުރާނީ ދެމެހެއްޓެނި ވަށައިޖެހޭ ހައްލަކާއެކު" މުހައްމަދު ސައީދު ވިދާޅުވި އެވެ. 

ސައީދު މި މޭރުމުން މައުލޫމާތު ހިއްސާ ކުރައްވާފައި އެވަނީ އަންނަ އަހަރު އޮންނަ އިންޑިއާގެ ލޮކް ސަބާ އިންތިހާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން, އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރުމުންނެވެ. އަދި ދިވެހި ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިމްޕޯޓްކުރަނީ އިންޑިއާ އިން ކަމަށްވާތީ އެވެ.

އިންޑިއާ އިން ވަނީ ހަނޑުލާއި ބާސްމަތީ ނޫން ހުދު ބަތް އެކްސްޕޯޓް ކުރުން ވެސް މަނާ ކޮށްފަ އެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރުމާއެކު ބުނެފައިވާ ގޮތުން ދެން އިންޑިއާއިން ފިޔާ ބޭރު ކުރެވޭނީ ތިން ހާލަތެއްގަ އެވެ. 

އެކްސްޕޯޓު ކުރުން މަނާ ކުރުމުގެ އިއުލާނު ނެރުމުގެ ކުރިން ލޯޑު ކޮށްފައިވާ ފިޔާ ކޮންސައިންމަންޓްތައް އެކްސްޕޯޓު ކުރެވޭނެ އެވެ. އަދި ޝިޕިން ބިލް ހުށަހަޅައި ފިޔާ ލޯޑް ކުރަން ބަނދަރުތަކަށް ކުރިން ބަނދަރުކޮށްފައި އުޅަނދުތަކުގެ ރޮޓޭޝަން ނަންބަރު, އިއުލާން ނެރުމުގެ ކުރިން ކަނޑަ އަޅާފައިވާ ނަމަ ފިޔާ އެކްސްޕޯޓު ކުރެވޭނެ އެވެ. ފިޔާ ކޮންސައިންމަންޓްތައް ކަސްޓަމްސްއާ ހަވާލުކޮށް, ސިސްޓަމުގައި ރަޖިސްޓްރީ ކޮށްފައިވާނަމަވެސް ކުރެވޭނެ އެވެ.

ނަމަވެސް ގައުމުތަކުގެ ސަރުކާރުން, އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެނަމަ އެކަން ކޮށްދޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާއްޖެއާ އިންޑިއާގެ ގުޅުން ގޯސްވެފައިވާއިރު މިއީ ރާއްޖެއަށް އަމާޒުކޮށް އިންޑިއާއިން އަޅާފައި ފިޔަވަޅެކެވެ. އިންޑިއާއިން މީގެ ކުރީން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު އޮތް ދުވަސްވަރު ވެސް މިފަދަ ފިޔަވަޅުތައް އެޅި އެވެ. 

ކޮމެންޓް

1
450
އުސްތާޒް
9 months ago

ހުރަހެއް ނުވެސް ކުރެވޭނެ، އިންޑިޔާގެ ބާޒާރުން ތިކަންވެސް ކޮންޓްރޯލްކުރަނީ. މިހާރު މުއިޒު އިނީ އިންޑިޔާއިން ކޮންޓްރޯލް ކޮށްފަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.