އަމީނީ މަގު ހަދާތީ ބަސް ރޫޓަށް ބަދަލުތަކެއް

އެމްޓީސީސީ އިން ބުނީ، މި މަސައްކަތާ ގުޅިގެން އާރް1 އަދި އާރް3ގެ ދަތުރުތައް ފަށާ ސްޓޮޕަކަށް ވާނީ މާފަންނު ބަސް ޓާމިނަލް ކަމަށެވެ. އަދި، އާރް7ގެ ދަތުރުތައް ނިމޭނީ ވެސް އެތަނަށް ކަމަށެވެ.

މިނީ ބަހެއް: އަމީނީ މަގު ބަސް ރޫޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި --

ހައުސިން މިނިސްޓްރީއާ ހަމައިން އަމީނީ މަގުގެ ނުނިމި އޮތް ބައި ހަދަމުން ދާތީ، އެމްޓީސީސީގެ ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި އެވެ.

އެމްޓީސީސީ އިން ބުނެފައި ވަނީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ފުޑްކޯޓް ސަރަހައްދުގެ މަގު ބަންދުކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން، އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އާރް11 (އަމީނީ ރޫޓް)ގެ ބަސް ދެން ދަތުރުކުރާތީ އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމުން ގޮސް މަޖީދީ މަގަށް އަޅައިގެންނެވެ. 

އަދި، އާރް10 (އޯކިޑް ރޫޓް)ގެ ބަސް ދަތުރު ކުރާނީ މަޖީދީ މަގުން ގޮސް، ވެސްޓް ޕާކް ސްޓޮޕުން އަނބުރާލާ ގޮތަށެވެ. 

އެމްޓީސީސީ އިން ބުނީ، މި މަސައްކަތާ ގުޅިގެން އާރް1 އަދި އާރް3ގެ ދަތުރުތައް ފަށާ ސްޓޮޕަކަށް ވާނީ މާފަންނު ބަސް ޓާމިނަލް ކަމަށެވެ. އަދި، އާރް7ގެ ދަތުރުތައް ނިމޭނީ ވެސް އެތަނަށް ކަމަށެވެ. 

މީގެ ކުރިން ވެސް އަމީނީ މަގުގެ އެކި ސަރަހައްދުތައް ހެދިއިރު ބަސް ރޫޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. 

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށާފައި ވަނީ މިއަދު އެވެ. ޖުމްލަ 13 ސެގްމެންޓަކަށް ބަހާލައިގެން އެ މަގު ހަދަމުން ދާއިރު، މިހާރު ނުނިމި އޮތީ އެންމެ ފަހު ދެ ސެގްމެންޓެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.