ބީއެމްއެލްގެ އެހީން އިމާދުއްދީނުގައި ތެރަޕީ ރޫމެއް ގާއިމްކޮށްފި

މިދިއަ ހަތަރު އަހަރުގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕޭޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފަ އެވެ.

މުޖުތަމައަށް އެހީވާން ބޭންކް އޮފް މޯލްޑިވްސް އިން މާލޭގެ އިމާދުއްދީން ސްކޫލުގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތެރަޕީ ރޫމެއް ގާއިމް ކޮށްދީފި އެވެ.

މި ތެރަޕީ ރޫމް ހަދާފައި ވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެ ކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ހާއްސަ ބައެއް ހިމަނައިގެނެވެ. އަދި ސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިންގެ ވެސް މި ތެރަޕީ ރޫމުން ދޭނެ އެވެ.

ޢިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން މި ތެރަޕީ ރޫމް ބޭނުން ކުރަމުން ދާނެ އެވެ.

ދިވެހި ގައުމީ ބޭންކުން އަބަދުވެސް ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރެ އެވެ. އަދި ތައުލީމީ ދާއިރާއަކީ ބޭންކުން އިސްކަން ދޭ ދާއިރެއެކެވެ. 

މިދިއަ ހަތަރު އަހަރުގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް ސްޕޭޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފަ އެވެ. އދި އަތޮޅުތަކުގެ ސްކޫލުތަކުގެ ކޮންޕިއުޓާ ލެބް ތަރައްގީ ކުރަން ވެސް އެހީތެރިކަން ދީފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.