އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރުން ހިމެނެ އެވެ.
ކުރީ ސަރުކާރުން ހަދަން ފެށި އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު އަމީނީ މަގުން ހަދާފައި ވަނީ ހައުސިން މިނިސްޓްރީއާ ހަމައަށެވެ. އާރްޑީސީން މިއަދު ބުނެފައި ވަނީ ނުނިމިއޮތް ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިއީ އެންމެ ފަހު ދެ ސެގްމެންޓެވެ.
މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަލަށް އެކުލަވާލި އިމާރާތްކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީން ވަނީ އާރްޑީސީއާއެކު މަޝްވަރާ ކޮށްފަ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ އެ މަސައްކަތް ކުރާން ފެށުމުން މަގު ބޭނުން ކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.
އެގޮތުން، އަމީނީ މަގުގެ ޓްރެފިކް ފްލޯ އަށާއި ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސް ރޫޓް ތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރުން ހިމެނެ އެވެ.
މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލުކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރަށް މަސައްކަތް ނިންމާށެވެ.
ނަމަވެސް އެ މުއްދަތަށް ފުރަތަމަ މަަސައްކަތް ވެސް ނުފެށުނެވެ. އޭގެ ފަހުން އެކި ތާރީހުތައް ކަނޑައަޅާ އެންމެ ފަހު ތާރީހަކަށް ކަނޑައެޅީ މި އަހަރުގެ ސެޕްޓެންބަރެވެ. އެ މުއްްދަތު ނިމި ރައީސް ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް އަމީނީ މަގު މުޅީން ނުނިމުނެވެ.