އިމްރާންގެ ވާހަކަތަކަށް ޝިދާތާ ރައްދު ދެއްވައިފި

ޝިދާތާ ވިދާޅުވީ ދައުލަތް ހިންގުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ކޮރަޕްޝަނާއި ފަސާދަ ކަމަށެވެ. އަދި މުޖްތަމައުގެ ތެރޭން ބަދުއަހްލާގީ އެތައް ކަމެއް ފެންނަމުންދާ ކަމަށެވެ. ޝިދާތާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެ މުޖްތަމައުގެ ތެރޭން ބަދުއަހްލާގީ އެތައް ކަމެއް ފެންނަމުންދާއިރު އެ ކަންކަން ނުބެލެއެވެ. އެއީ ސަރުކާރުގެ އިހުމާލުން ވަމުންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- މި

އިންސާނީ ތާރީހު ދުށް އެންމެ ރީތި / އޯގާތެރި ވެރިކަން ކުރެއްވި މި އުންމަތުގެ ރަސޫލާ (ސޢވ) ކުރެއްވި ވެރިކަމުގެ ސިފަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހިގެ ވެރިކަމުގައި އެބަހުރި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތައުރީފާއި ސަނާ ވިދާޅުވުމުން އެ ޕާޓީގައި ކުރީން އިސްކޮށް އުޅުއްވި މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފާޑުވިދާޅުވެއްޖެ އެވެ.

އިމްރާންގެ، ހައްދެއް ނެތް ތައުރީފު ރައީސް ސޯލިހަށް ކުރެއްވީ ހައްދުންމަތީ ގަމުގައި މިއަދު ފެށި "ވިޔަވަތި ރާއްޖެ" ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

އިމްރާންގެ ވާހަކަފުޅުގައި އުންމަތުގެ ނަބިއްޔާ މަދީނާގައި ދައުލަތެއް ގާއިމްކޮށް ކުރެއްވި މަތިވެރި ވެރިކަމާއި ރާއްޖޭގައި މިހާރު ހިނގަމުންދާ ރައީސް ސޯލިހްގެ ވެރިކަން ވަރުން އަޅުވައި އެއްގޮތް ކުރެއްވީ ވެރިކަން ކުރެއްވުމުގެ ސިފަތައް ނަބިއްޔާއަށް އަންގަވައިދެއްވާ ކީރިތި ގުރުއާންގައި މާތްﷲ އެންގެވި ވަހީ ބަސްފުޅެއް ވިދާޅުވެ ދެއްވުމަށް ފަހު އެވެ. އެއީ ކީރިތި ގުރުއާންގެ އާލްއިމްރާންގެ 109 ވަނަ އާޔަތެވެ.

އެ އާޔަތުގައި ކީރިތި ރަސޫލާއަށް މާތްﷲ އަންގަވާފައި ވަނީ އޯގާތެރި / ހިތްހެޔޮ ބޭކަލެއް ކަމުގައި ވެވަޑައިގަތުމަށެވެ. ހިތްހަރު ބޭކަލަކު ކަމުގައި ވާނަމަ އެކަލޭގެފާނު އަރިހުން އެންމެން ފިލައިގެން ދިޔައީސް ކަމަށް ވެސް އެ އާޔަތުގައި މާތްﷲ އަންގަވާފައި ވެއެވެ. އަދި މާތްﷲ އަންގަވާފައިވަނީ މީސްތަކުންނަށް ހެދޭ ގޯސްތަކަށް މައާފު ކުރެއްވުމަށާއި އެ ބައިމީހުންގެ ކުށްފާފަތައް ފުއްސެވުމަށް އެދި ދުއާ ދެންނެވުމަށެވެ. އެއަށް ފަހު ގިނަ ގިނައިން މަޝްވަރާ ކުރެއްވުމަށާއި މަޝްވަރާއަށް ފަހު ގޮތެއް ނިންމެވުމުން އެ ގޮތެއްގައި ދެމި ހުންނަވައި މާތްﷲ އާ ވަކީލު ކުރެއްވުމަށެވެ.

އެ އާޔަތާއި އާޔަތުގެ މާނަ ވިދާޅުވެ ދެއްވުމަށް ފަހު އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ މި ވެރިކަމުގައި ރައްޔިތުންނާއިމެދު އޮންނަން ޖެހޭ އޯގާވެރިކަން އެބަ އޮތް ކަމަށެވެ. އަދި އެތައް ބަޔަކު "ވިޔަވަތި ރާއްޖެ" ކޮންފަރެންސަށް އެއްވެ ތިބީ އެ ސިފަތައް ވެރިކަމުގައި ފެންނަން ހުރުމުން ކަމަށެވެ.

"ރައްޔިތުންނާމެދު އޮންނަން ޖެހޭ އޯގާވެރިކަން، ރައްޔިތުންނާމެދު އޮންނަ ޖެހޭ ގާތް ކަން، އާދެ މިއަދުގެ މިވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި، އެންމެ ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މިތަނަށް އެއްވެ މި ތިބީ. އެކަން ކުރަން އަޅުގަނޑުމެން އައިސް މި ތިބީ،" މީގެ ކުރީން ވެސް ސިޔާސީ ވެރީންނަށް ހުޝާމަދު ކުރައްވާ ތައުރީފު ކުރައްވާފައިވާ އަދި ވާހަކަ ދެއްކުމުގައި ވަރަށް ބޮޑު ކުޅަދާނަ ކަމެއް ލިބިފައިވި އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް ސޯލިހް އަރިހުގައި --

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިދާތާ ވިދާޅުވީ ދައުލަތް ހިންގުމުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ކޮރަޕްޝަނާއި ފަސާދަ ކަމަށެވެ. އަދި މުޖްތަމައުގެ ތެރޭން ބަދުއަހްލާގީ އެތައް ކަމެއް ފެންނަމުންދާ ކަމަށެވެ. ޝިދާތާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެ މުޖްތަމައުގެ ތެރޭން ބަދުއަހްލާގީ އެތައް ކަމެއް ފެންނަމުންދާއިރު އެ ކަންކަން ނުބެލެއެވެ. އެއީ ސަރުކާރުގެ އިހުމާލުން ވަމުންދާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިވަރު ސަރުކާރަކާއި ކީރިތި ރަސޫލާ [ސޢވ] އާއި އަޅާ ކިޔުން ބަލައެއް ނުގަނެވޭ،" އިމްރާނަށް ރައްދު ދެއްވާ ޝިދާތާ ވިދާޅުވިއެވެ.

އިމްރާން ނިސްބަތްވެވަޑައިގަންނަވާ އާދަލާތު ޕާޓީއަކީ ވަރަށް ގިނަ ދީނީ އިލްމުވެރީން އެކުވެ ދީނީ ކަންކަމުގައި ރާއްޖެ ރަނގަޅު ގޮތުގައި އޮތުމަށް ބާރު އެޅުމުގެ މަގުސަދުގައި އުފެއްދި ޕާޓީއެކެެވެ. ނަމަވެސް ޕާޓީގެ އެންމެ މުހިންމު ސިފަތައް ދޫކޮށް އެ ޕާޓީ މިހާރު ވަނީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ބަދަލު ވެފަ އެވެ. ވެރިންނަށް ހުޝާމަދު ކުރުމުގައި ސަރުކާރުތަކުން ބައި ހޯދުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރެއެވެ. މީގެ ކުރީން އެ ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ވަނީ ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމަށް އިޝާރާތް ކުރައްވާ އެއީ ރަސޫލާ ދުއާ ދެއްވި ފަދަ ވެރީން ކަމަށް ވިދާޅުވެ ހުޝާމަދު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.