އައްޑޫ ހިތަދޫގައި މިދިއަ ހުކުރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި 30 އަހަރުގެ ދިވެއްސަކު ޒަހަމް ކޮށްލި އެވެ. އަދި މިދިއަ އާދީއްތަ ދުވަހު ވެސް ވަނީ މާރާމާރީއެއް ހިންގާފަ އެވެ. އެ މާރާމާރީގައި ޒަހަމް ކޮށްލީ 20 އަހަރުގެ ދިވެހި ޒުވާނެކެވެ.
އައްޑޫގައި ހިންގި ދެ ގްރޫޕް މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ދެ މާރާމާރީއާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެ މީހާ ދޫކޮށްލާފައި ވަނީ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ނުފެންނާތީ ކަމަށެވެ.
އައްޑޫސިޓީގައި ދެ މާރާމާރީ ހިންގާފައިވާއިރު، އެ މާރާމާރީތައް ހުއްޓުވަން ފުލުހުން އޮޕަރޭޝަނެއް ވެސް ފަށައިގެން ކުރިޔަށް ގެންދެ އެވެ.