ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހުރިހާ ގޮތަކުން އެހީ

މުޅި ރާއްޖެއިން މިހާތަނަށް ލޭންޑް ޔޫސްޕްލޭންތައް މިނިސްޓްރީއަށް ފޮނުއްވާފައިވަނީ ފަސްދޮޅަހަކަށް ރަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ ރަށްތަކުގެ ތެރެއިން މިނިސްޓްރީއަށް ލިބިފައި ވަނީ 11 ރަށެއްގެ ޕްލޭން ކަމަށާ އޭގެ ތެރެއިން ހަތް ރަށެއްގެ ޕްލޭންގައި މައްސަލަތައް ފާހަގަވެ ފާސްނުވެ އޮތްކަން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް --

ބިނާވެށީގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާ ފާސްކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްލީ ހުރިހާ ގޮތަކުންވެސް އެކަމަށް އެހީތެރިވެދޭން ސަރުކާރުން ނިންމައިފި އެވެ. ގަމުގައި ކުރިއަށްދާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި ގުޅޭގޮތުން ސަރުކާރުން ވަނީ ހާއްސަ ކަރުދާހެއް ހުށައަޅާ ކައުންސިލްތަކަށް އެކަމުގައި ހުރި ހުރިހާ ހުރަސް ގިރާކުރެވޭނެ މަގު ތަނަވަސް ކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޗެއާ ކުރައްވާ މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އާއި މިނިސްޓަރު އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އާއި މިނިސްޓަރު އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަން އަދި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު / ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ބައިވެރިވެވަޑައިގެންނެވި ސެޝަންގައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި އަދި ފާސްކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ކައުންސިލްތަކުގެ ރައީސުންނަށް ވަނީ ކިޔައިދެއްވާފައެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބޭނުންވާ ފަންނީ މީހުން ލިބެން ނެތް ހާލަތެއްގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ ރަށުގެ ސާވޭއެއް ހަދާފައިވާނަމަ އަލުން ސާވޭ ހަދަން ނުޖެހުމާއި ސަރުކާރުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ސާވާއެއް ހަދާފައިވާނަމަ އެ ސާވޭއެއް ކައުންސިލްތަކާއި ހިއްސާ ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ރަށްރަށުގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި ބިމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ހުރަސް އެޅޭ ހާލަތެއްގައި އިދާރީ ދާއިތާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ފިޔަވައި އެހެނިގެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކައުންސިލްތަކަށް ބާރުތައް ދޫކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ފަޅުތަކާއި ބިންތައް ލޭންޑް ޔޫސް ޕްލޭން ފާސްވެފައި ނުވާތީ ކައުންސިލްގެ ބޭނުމަށް ދޫނުކުރެވިވާނަމަ ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭނެއް ނެތި ސަރުކާރުގެ ބޭނުމަށް ބިން ބޭނުންކުރާ އުސޫލުން ކައުންސިލަށް ބިން ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ލޭންޑް ޔޫސް ޕްލޭނަށް ފައިސާ ނެތްނަމަ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ބްލޮކް ގުރާންޑް / ކޮންޑިޝަނަލް ގްރާންޓް ގެ ގޮތުގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.

ސަރުކާރުން ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ކައުންސިލްތަކަށް އުނދަފޫވާނަމަ ވަކިވަކިން އިސްލާހު ކުރުމަށް ފޮނުވުމުގެ ބަދަލުގައި މިނިސްޓްރީއާ ބަދަލުކޮށް ފައިނަލް ކުރުމަށް ފަހު ޕްލޭން ފާސްކުރެވޭނެ ގޮތް ހެދުމަށްވެސް ހަމަޖައްސާފައެވެ.

ކައުންސިލްތަކަށް ބިމުގެ ވެލިއު ކަނޑައެޅުމުގެ ބާރު ދިނުމާއި 600 އަކަފޫޓަށްވުރެ ކުޑަ ވެއްޖެނަމަ ބިން ހިލޭ އެންމެންގެ މައްޗަށް ރަޖިސްޓްރީ ކުރާ ގޮތަށް ބަދަލުކޮށް ދިރިއުޅޭނެ ތަނެއް އޮތްނަމަ 600 އަކަފޫޓްގެ ބިން ނުލިބޭ ގޮތަށް ހެދުމުގެ ބާރުވެސް ކައުންސިލްތަކަށް ދިނުމަށް ވަނީ ހިމަނާފައެވެ.

މިއަދުގެ ސެޝަންގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ބިނާވެށީގެ ޕްލޭންތައް ހެދުމުގައި ކައުންސިލްތަކަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައެވެ.

މުޅި ރާއްޖެއިން މިހާތަނަށް ލޭންޑް ޔޫސްޕްލޭންތައް މިނިސްޓްރީއަށް ފޮނުއްވާފައިވަނީ ފަސްދޮޅަހަކަށް ރަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ ރަށްތަކުގެ ތެރެއިން މިނިސްޓްރީއަށް ލިބިފައި ވަނީ 11 ރަށެއްގެ ޕްލޭން ކަމަށާ އޭގެ ތެރެއިން ހަތް ރަށެއްގެ ޕްލޭންގައި މައްސަލަތައް ފާހަގަވެ ފާސްނުވެ އޮތްކަން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.