ޕީއެންއެފް އުފައްދަން ހުށައެޅުން ފަސްކޮށްފި

މަލީހު މިރޭ ވިދާޅުވީ ހުރިހާ ރަށެއްގެ ފޯމްތައް އަދި މާލޭގެ ފްރަންޓް އޮފީހަށް ލިބިފައި ނުވާ ކަމަށެވެ.

ޕީއެންއެފް އުފައްދަން އީސީއަށް ވަޑައިގަތް ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- މި

ރައީސް ޔާމީން އަބްދުލް ގައްޔޫމް އުފައްދާ މަސައްކަތް ފަށާފައިވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް - ޕީއެންއެފްގެ ފޯމްތަކާއެކު ރަޖިސްޓަރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް ލަފާ ކުރުމަށް ފަހު އެކަން ފަސްކޮށްފި އެވެ.

އެ ޕާޓީ އުފެދުމުގެ މަސައްކަތުގެ އިސް ހަރަކާތްތެރިޔާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިރޭ ވިދާޅުވީ ޕީއެންއެފްއަށް މިވަގުތު ވެސް ރާއްޖޭގެ އެކި ރަށް ރަށުން މެމްބަރުން ގުޅެމުން ދާ ކަމަށާ ނަމަވެސް ހުރިހާ ރަށެއްގެ ފޯމްތައް އަދި މާލޭގެ ފްރަންޓް އޮފީހަށް ލިބިފައި ނުވާ ކަމަށެވެ.

އަދި އައުމުގެ މަގުމަތީ ބައެއް ފޯމްތައް ވާތީ އިލެކްޝަނަށް ފޯމް ހުށަހެޅުން ފަސްކޮށްފައިވާ ކަމަށެވެ. މަލީހް ވިދާޅުވީ އީސީ އޮންލައިން ޕޯޓަލް އެކްސެސް އަދި ލިބިފައި ނުވާތީ ހުރިހާ ފޯމެއްގެ ފިޒިކަލް ކޮޕީ އީސީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ޕާޓީ ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ 3،000 މެންބަރުންގެ ސައްހަ ފޯމާއެކު އެވެ.

އެ އަދަދަށް ސައްހަ ފޯމް އިލެކްޝަނަށް ކަށަވަރު ކުރެވުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދޭނެ އެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ 300 މެންބަރުންނާއެކު އެވެ. އެ އަދަދު ހަމަވޭތޯ ވެސް ކޮމިޝަނުން ބޯ ގުނާނެ އެވެ. އޭގެ ފަހުން ޕާޓީ ރަޖިސްޓަރީ ކޮށްދީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖައްސައި ދޭނެއެވެ.

އެންމެ ފަހުން ރާއްޖޭގައި އެއްމެ އަވަސް މިނެއްގައި މަސައްކަތްކޮށް ރަޖިސްޓަރީ ކުރަން ހުށަހެޅީ "ދަ ޑިމޮކްރެޓްސް" އުފައްދާށެވެ. ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނުގެ ވަފާތެރިން ހަދައިދިން ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރަން ވެއްދީ 3560 މެންބާޝިޕް ފޯމް ހަމަ ކޮށްގެނެވެ. 

ކޮމެންޓް

1
450
ފައްޖި
8 months ago

ޑިމޮކްރެޓްސް ފާސްޓް ކޮށް އުފެދުނަސް އެހެން މީހުންނަކަށް ނުވާނޭ . ބޮރޯ މަހައްދޭ ތިކަން ހުއްޓާލާފަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.