ޑިމޮކްރެޓްސްގެ އިންތިހާބު: މެންބަރުންނަށް ވުރެ ވޯޓް އިތުރުވެ ބައެއް ވޯޓް ފޮށިތައް ބާތިލުކޮށްފި

އާޒިމް ވިދާޅުވީ އެތެރޭގެ އިންތިހާބުގެ އެކި މަގާމުތަކަށް ވަކިވަކީން ގިނަ ވޯޓަށް ގިނަ ކަރުދާސްތަކެއް ދޫކުރަން ޖެހުމުން ބައެއް އޮފިޝަލުންނަށް އޮޅުން އަރާ އިތުރަށް ވޯޓް ކަރުދާސް ދޫކުރެވުނީ ކަމަށެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުން: އިންތިހާބު ކާމިޔާބު ކުރީ ހަސަން ލަތީފް

ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންނަށް ވުރެ އިތުރަށް ވޯޓް ކަރުދާސް ހުރުމުން ބައެއް ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ބައެއް ވޯޓް ފޮށިތައް ބާތިލުކޮށްފި އެވެ.

ބާތިލުކޮށްފައި ވަނީ ޔަންގް ޑިމޮކްރެޓްސްގެ އިންތިހާބާއި ހަތަރު ރަށެއް ގައި ބެހެއްޓި ވޯޓްފޮށިތަކުގެ ނަތީޖާ އެވެ.

އިންތިހާބުގެ ކަންކަމުގައި އިސްކޮށް ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވީ 10 ރަށެއް ގައި ޔަންގް ޑިމޮކްރެޓްސްގެ އިންތިހާބުގައި ޒުވާނުން ތިބި އަދަދަށް ވުރެ އިތުރަށް ވޯޓް ކަރުދާސް ދޫކުރެވިފައިވާ ކަމަށެވެ. އެކަން އެހެންވީ އޮފިޝަލުންނަށް ހެދުނު މިސްޓޭކަކުން ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެތެރޭގެ އިންތިހާބުގެ އެކި މަގާމުތަކަށް ވަކިވަކީން ގިނަ ވޯޓަށް ގިނަ ކަރުދާސްތަކެއް ދޫކުރަން ޖެހުމުން ބައެއް އޮފިޝަލުންނަށް އޮޅުން އަރާ އިތުރަށް ވޯޓް ކަރުދާސް ދޫކުރެވުނީ ކަމަށެވެ.

އެހެން ކަމުން 10 ރަށެއްގައި ކުރިއަށް ދިޔަ ޔަންގް ޑިމޮކްރެޓްސްގެ ލީޑަރާއި ނާއިބު ލީޑަރު ހޮވުމުގެ އިންތިހާބު ވަނީ ބާތިލު ކޮށްފައި ކަމަށް އާޒިމް ވިދާޅުވި އެވެ. ބާތިލުކޮށްފައިވާ ވޯޓް ފޮށިތަކަކީ؛

  •  ބ. ދަރަވަންދޫ
  •  ބ. ފެހެންދޫ
  •  ބ. ގޮއިދޫ
  •  ބ. ކުޑަރިކިލު
  •  ގދ. ގައްދޫ
  •  ހއ. ހޯރަފުށި
  •  ހދ. ނޭކުރެންދޫ
  •  ރ. އަލިފުށި
  •  ށ. މާއުނގޫދޫ
  •  ތ. ކިނބިދޫ

ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު ކަމަށް ކުރިމަތިލީ މުހައްމަދު މާޝިހް އާއި ޔޫސުފް ޝާހް އެވެ. ނާއިބު ލީޑަރު ކަމަށް ކުރިމަތިލީ
ފިތުރާ މުހައްމަދާއި މުހައްމަދު އަޒްވާރު އެވެ.

އިންތިހާބު ކެންސަލް ކޮށް އަލުން ބާއްވަން ނިންމާފައިވާ ކަން އެ ކެންޑިޑޭޓުންނަށް އަންގާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ހަތަރު ރަށެއްގައި ބެހެއްޓުނު ވޯޓް ފޮށިތަކުގެ ނަތީޖާވެސް ވަނީ ކެންސަލް ކޮށްފައެވެ. އެއީ؛

  •  ހދ. ނޮޅިވަރަމް
  •  ނ. މިލަދޫ
  •  ބ. މާޅޮސް
  •  ނ. މާފަރު

އާޒިމް ވިދާޅުވީ އެ ވޯޓް ފޮށިތަކުގެ ނަތީޖާ ބާތިލު ކުރުމުން ދެން އިންތިހާބު ބާއްވާނެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އިއުލާނު ކުރީ 24 ގަޑިއިރު ފާއިތުވެ ދިޔަ ފަހުންނެވެ. އެ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ޕާޓީގެ ބައެއް މެންބަރުން ކުރެ އެވެ.

ކޮމެންޓް

1
450
ލޫކަސް - ކަމާ ބެހޭ ފަރާތުން
8 months ago

ހީހީ ހަލާކު. މި އީ އެންމެ ގިނައިން އިންތިހާބު ތަކުގަ މައްސަލަ ޖައްސާ މީހުންތިބި ޕާޓީ. މިހާރު މާ ރަނގަޅަށް ވެސް އެނގިއްޖެ ކޮންބައެއްކަން ވޯޓް އޮޅުވާލަނީ. މީ އަދި ކުޑަ ކުޑަ އިންތިހާބެއް. ބޯހަލާކު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.