ވިނަރެސްގެ ބާކީ ފްލެޓްތައް ވިއްކަން ހުޅުވާލެވޭނެ ދުވަހެއް ނޭންގެ

ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން 123 ފްލެޓެއް ވިއްކަން ނޮވެންބަރު ފަސް ވަނަ ދުވަހު ހުޅުވާލި އެވެ.

ވިނަރެސް ފްލެޓްތައް: ބާކީ ހުރި ފްލެޓްތައް ވިއްކުން ވަނީ މަޑުޖައްސާލައިފައި

ހުޅުމާލޭގެ ހިޔާއަވަށުގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް ވިއްކަން އަލުން ހުޅުވާލެވޭނެ ދުވަހެއް އަދި ނޭންގޭ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

ވިނަރެސް ޓަވަރުތަކުގައި ބާކީ ހުރި ފްލެޓްތަކުގެ ތެރެއިން 123 ފްލެޓެއް ވިއްކަން ނޮވެންބަރު ފަސް ވަނަ ދުވަހު ހުޅުވާލި އެވެ. ފްލެޓްތައް ވިއްކަން ހުޅުވާލިތާ ބައިގަޑިއިރު ތެރޭ ވިކިއްޖެ ކަމަށް އޭރު އާބަންކޯ އިން ބުންޏެވެ.

އެކަމަކު ފްލެޓް ގަންނަން ބޭނުންވި ވަރަށް ގިނަ ބަޔަކަށް އެ ވަގުތުގައި ޕޯޓަލްއަށް ނުވަދެވި ފޯމު ހުށަހެޅޭ ގޮތް ވަނީ ނުވެފަ އެވެ. އެހެންވެ ވަރަށް ގިނަ މީހުން އެކަމުގެ ޝަކުވާ ކޮށްފައިވެ އެވެ. އެހެންވެ އެ މަސައްކަތް އޮތީ މަޑުޖައްސާލާ ފައެވެ.

އެ ފްލެޓްތައް އަލުން ވިއްކަން ހުޅުވާލުމާއި ގުޅޭގޮތުން އާބަންކޯ އިން އާ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އެކަމަށް ހުޅުވާލެވޭނެ ސީދާ ތާރީހެއް އަދި ނެތް ކަމަށެވެ.

ވިނަރެސް ފްލެޓްތަކަކީ ހިޔާ މަޝްރޫއުގެ ތެރެއިން އާބަންކޯ އިން ހިންގި، އެއްވެސް މައްސަލައެއް ކުރިމަތި ނުވާ ފްލެޓް މަޝްރޫއު އެކެވެ. އެ މަޝްރޫއުގެ ދަށުން 10 ޓަވަރު އަޅާފައިވެ އެވެ. ވިނަރެސްއަކީ މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިޔާގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައެކެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނެނީ 13 ބުރީގެ 10 ޓަވަރެވެ. ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. 

ވިނަރެސްގެ ކުލި ކުޑަކޮށް ބޮޑު ލުޔެއް

ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކުރަން ސަރުކާރުން އިއްޔެ ވަނީ ނިންމާފައެވެ. އެގޮތުން ވިނަރެސްގެ ޑައުންޕޭމަންޓަށް ދައްކަން ޖެހޭ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ ފައިސާ އިން ވެސް 4،200 ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ފަޒުލް ވިދާޅުވީ ސަރުކާރުގެ މި ނިންމުމާއެކު 19،000 ރުފިޔާގެ ކުލީގައި ދޭ އެޕާޓްމަންޓުތަކުން 4،000 ކުޑަވާނެ ކަމަށެވެ. އަދި ޑައުންޕޭމަންޓް ލިބުނު ބޮޑު ލުޔާއެކު އެ ފައިސާ ކުރީން ދައްކާފައިވާ މީހުންނަށް އަނބުރާ ފައިސާ ދޭނެ ކަމަށެވެ.

ކޮމެންޓް

1
450
އަޙްމަދު
9 months ago

އަޅުގަނޑުމެން ފްލެޓް ހޯދީ ޑައުންޕޭމަންޓަށް 515000ރ ދައްކާފައި. މީގައި ދެ އޮޕްޝަނެއް އޮތީމަ ވާނުވާ ގަ މި ހުންނަނީ. 300000 ޑައުންޕޭމަންޓް ދެއްކި މީހުންނަށް އަނބުރާ ލިބޭނީ ކިހާވަރެއްތޯ އަދި ކުލި މަހަކަށް ކިހާ ވަރެއްތޯ. ކެތްނުކުރެވޭތީ މައްސަލައަކީ. އާބަންކޯ އިން އިއުލާނު ކުރާނެތާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.