އަތޮޅު ގައުމު ކޯލިޝަންގެ ރިޔާސަތަށް ރާއްޖޭ

ކޭންސީސީގެ ރިއާސަތާއި ރާއްޖޭން ހަވާލުވީ ދުބާއީގައި ކުރިޔަށްދާ ކޮޕް-28 ގެ ހަވާސާގެ ތެރެއިން ބޭއްވި ކޭންސީސީގެ ބައްދަލުވުމުގަ އެވެ.

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ) ގެ ރިއާސަތާއި ރާއްޖެ ހަވާލުވެއްޖެ އެވެ. ކޭންސީސީ އަކީ ރާއްޖެ ހިމެނޭ ގޮތުން އަތޮޅުތަކުގެ މައްޗަށް އެކުލެވޭ މާޝަލް އައިލެންޑްސް އާއި ކިރިބާސް އާއި ޓުވާލޫ އަދި ޓޮކެލާއޫ ހިމެނޭ ކޯލިޝަނެކެވެ.

ކޭންސީސީގެ ރިއާސަތާއި ރާއްޖޭން ހަވާލުވީ ދުބާއީގައި ކުރިޔަށްދާ ކޮޕް-28 ގެ ހަވާސާގެ ތެރެއިން ބޭއްވި ކޭންސީސީގެ ބައްދަލުވުމުގަ އެވެ. 

ރާއްޖެއިން ކޭންސީސީގެ ރިޔާސަތުގައި އިންނަވާނީ ކްލައިމެޓް ޗޭންޖް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ރިޔާސާތާ ހަވާލުވެ ވަޑައިގެން މިނިސްޓަރު ތޯރިގު ވިދާޅުވީ އަތޮޅަށް ވާ ގޮތަށް ހުންނަ ގައުމުތައް އުފެދިފައިވާ ގޮތުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާއި ދިމާވެފައިވާ ތިމާވެށީގެ ނާޒުކު މަސްއަލަތަކަށް ބައްލަވައިލެވި އެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ލިބޭ ގެއްލުންތައް ކުޑަކުރަން މަސައްކަތްކޮށް ގެއްލުންތައް ފޫބެއްދުމަށް އެޅިދާނެ ފިޔަވަޅުތަކާއި ތަޖުރިބާތައް ހިއްސާ ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.