ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްފި

ހިޔާގެ ކުލި ކުޑަ ކުރަން ނިންމާފައި ވަނީ ހަތް އަހަރުގެ މުއްދަތަށެވެ. މި މުއްދަތު ގައި ދައްކަން ޖެހޭނީ 3،900 ރުފިޔާ އެވެ.

ރައީސް މުހައްމަދު މުއިއްޒު ނޫސްވެރީންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ

ހުޅުމާލެ ހިޔާ ފްލެޓްގެ ކުއްޔާއި ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އޮތް ކެބިނެޓް ބައްދަލްވުމުގައި ހުޅުމާލެ ހިޔާ ފްލެޓްގެ ކުއްޔާއި ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ހިޔާގެ ކުލި ކުޑަ ކުރަން ނިންމާފައި ވަނީ ހަތް އަހަރުގެ މުއްދަތަށެވެ. މި މުއްދަތު ގައި ދައްކަން ޖެހޭނީ 3،900 ރުފިޔާ އެވެ. 

ވަޒީރުންގެ މަޖިލީހުގެ މި ނިންމުމަކީ ހިޔާގެ ފިނިޝިން ނިންމަން އާންމުން ހަރަދުކުރި ފައިސާގެ ތެރެއިން ބައެއް ދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް ނިންމި ނިންމުމެކެވެ. ރައީސް މުއިއްޒު ވަނީ ކޮންމެ ފްލެޓަކަށް އެވްރެޖްކޮށް ދެލައްކަ ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުުރުން ވިނަރެސްގެ ޑައުންޕޭމަންޓަށް ދައްކަން ޖެހޭ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ ފައިސާ އިން ވެސް 4،200 ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ކުލި ކުޑަކުރަން ނިންމީ ހަމައެކަނި މާލެ ސަރަހައްދުން ނޫން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރަށްރަށު ގައި ހުރި ޔުނިޓްތަކުގެ މަހު ކުލި ވެސް 3،300 ރުފިޔާއަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.

ކުލި ނުދައްކާ އޮވެގެން އައި ޖޫރިމަނާތައް މާފު

ރައީސް މުއިއްޒު މިއަދު ވިދާޅުވީ މާލެ ސަަރަހައްދުގައި ހިންގިފައިވާ ސޯޝަލް ހައުސިންގެ އެއްވެސް މަޝްރޫއަކުން ފްލެޓް ލިބުނު މީހަކު / ބަޔަކު ކުލި ނުދައްކާ އޮވެގެން ޖޫރިމަނާ ކޮށްފައިވާނަމަ އެ ހުރިހާ ފައިސާ އެއް މާފު ކޮށް ދެއްވާނެ ކަމަށެވެ.

އަދި ކުލި ނުދެއްކި ގިނަ ދުވަސްތަކެއް ވެ ވަރަށް ބޮޑު ފައިސާގެ އަދަދެއް ދައްކަން އޮތްނަމަ މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމުގެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވައުދުވެފައިވާނެ ސޯޝަލް ހައުސިންގެ އެއްވެސް ޔުނިޓެއް ލިބި ލައްވާފައިވާ ފަރާތަކަށް ކުލި ނުދެއްކިގެން ޖޫރިމަނާ އަރާފައި ވާނަމަ އެ ހުރިހާ ޖޫރިމަނާ އެއް މާފު ކޮށްދޭނެ ކަމަށް. އެކަން ތަންފީޒު ކުރާނަން،"

ކޮމެންޓް

3
450
ާއައްޔަ
8 months ago

ޥިނަރެސް ފްލެޓްތަކުގެ މަހުކުލި 4200.00 ރުފިޔާއަށް ކުޑަކުރާނެކަމަށް ވިދާޅުވެފައިވީއިރު އަދި މިއަދާހަމައަށްވެސް އެކަމާމެެު އެއްވެސް މަޢުލޫމާތެއް ދީފައެއްނުވޭ އަދި އެކަމާމެދު އާބަންކޯއިން އެކަންކުރުމަށް އެއްވެސް ކަމެއްކޮށްފައި ނުވާކަންފާހަގަ ކުރެވިފައިވެއެވެ.

ހަނާ
8 months ago

އަދިވެސް މި ހިޔާ ފްލެޓް ލިބުން މީހުންގެ ހިތެއް ނުފެރޭތަ؟

ޢައްޔަ
8 months ago

ޢަދި ބުނެލާފައޮތް އޮތުމެއް ހިއްފުރޭނީ އެބުނެފަވާ ޣޮތަށް އެއްވެސް ޢަމަލީސިފައެއް ޖެހުނީމަ ދޯ ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.