ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް

ފަސް އަހަރު ތެރޭ ރާއްޖޭގެ ކަރަންޓު ބޭނުންކުރާ ނިސްބަތުގެ 33، ޕަސެންޓް އުފެއްދޭ ވަރަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒު

ރައީސް ޑރ. މުއިއްޒު އާއި ޗައިނާގެ ސަފީރު ވާންގް --

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރު ކޮށްދޭން ޗައިނާ އޮތީ ތައްޔާރަށް ކަމުގައި އެ ގައުމުން މިއަދު ބުނެފި އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިންޒިން، ޓްވީޓާގައި ވިދާޅުވެފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ފުރިހަމައަށް އެއްބާރުލުން ދީ އަދި މުސްތަގުބަލުގައި ވެސް ދެގައުމު ގުޅިގެން މަސައްކަތްކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި ކުރިއަށްދިޔަ، ކޮޕް-28 ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް، ޑރ. މުއިއްޒު ވަނީ އިއާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ޓަކައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭ، ރާއްޖޭގެ ކަރަންޓު ބޭނުންކުރާ ނިސްބަތުގެ 33، ޕަސެންޓް އުފެއްދޭ ވަރަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމްކުރުން ކަމަށާއި އެކަން ހާސިލުކުރަން ޓަކައި އެންމެ މަދުވެގެން ވެސް 600 މިލިއަން ޑޮލަރު ހޯދަން އަމާޒު ކުރައްވާ ކަމަށެވެ.

ކޮޕް-28 ސަމިޓުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުގެ ގޮތުން ގައުމުތަކުން އަޅައި ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަން ފާހަގަ ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.