މައިކު ހަލާކު ކޮށްލުމުން ޖާބިރުގެ މައްސަލަ ބަލަނީ

ޖާބިރުގެ މި އަމަލާ ގުޅުވައި އަސްލަމް އިލްތިމާސް ކުރައްވާފައި ވަނީ މަޖިލީސް އިދާރާގައި ހުރި ތަކެއްޗަކީ ދަައުލަތުގެ ތަކެއްޗަށް ވާތީ، އެތަކެއްޗަށް ގެއްލުން ނުވާނެހެން އަމަލުތައް ބެހެއްޓުމަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: އިއްޔެ މައިކު ހަލާކުކޮށްލި މައްސަލަ ވަނީ ބަލަން ފަށާފައި --

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މޭޒުކޮޅުގައި ހުރި މައިކު ހަލާކު ކޮށްލުމުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

އިއްޔެގެ ޖަލްސާގައި ޖާބިރު އަޑު ގަދަކޮށް ގިނިކަންޏާ އިހުތިޖާޖެއް ކުރެއްވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ނައިބު ރައީސް ހޮވުމުގެ ވޯޓުން ބަލިވުމުން އެކަމާ ނުރުހުން ފާޅު ކުރައްވަމުންނެވެ. އެ ޖަލްސާގައި ޖާބިރުގެ ނަން އިއްވައި ތަޅުމުން ފަހުން ވަނީ ބޭރު ވެސް ކޮށްފަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން، ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ ޖާބިރުގެ މޭޒުކޮޅުގައި ހުރި މައިކު ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައިވާ ކަމަށެވެ.

"އެ މެމްބަރުގެ މޭޒުކޮޅުގައި ބެހެއްޓިފައި ހުރި މައިކްރޯ ފޯނު ބަދަލުކުރަން ޖެހޭ ވަރަށް ހަލާކުވެ، އެ މައިކްރޯ ފޯން ބަދަލު ކުރުމަށް 5100 ރުފިޔާ ހަރަދުވާނެ ކަމަށް މަޖިލީހުގެ އިދާރާގެ ޓެކްނިކަލް މުވައްޒަފުން ވަނީ މައުލޫމާތު ދެއްވާފަ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މެމްބަރަކު މަޖިލީހުގެ ސުލޫކީ މިންގަނޑާ ހިލާފަށް ނުވަތަ ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެކަމެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސަށް ސުލޫކީ ކޮމެޓީގެ ލަފާ ހޯދިދާނެ ކަމަށެވެ. އެގޮތުގެ މަތިން އެ ލަފާ ހޯދަން ކޮމެޓީއަށް ފޮނުއްވާކަން ވެސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

ޖާބިރުގެ މި އަމަލާ ގުޅުވައި އަސްލަމް އިލްތިމާސް ކުރައްވާފައި ވަނީ މަޖިލީސް އިދާރާގައި ހުރި ތަކެއްޗަކީ ދަައުލަތުގެ ތަކެއްޗަށް ވާތީ، އެތަކެއްޗަށް ގެއްލުން ނުވާނެހެން އަމަލުތައް ބެހެއްޓުމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވުމުން އެމްޑީޕީގެ ފަރާތުން ޖާބިރު ވަނީ ކުރިމަތި ލައްވާފަ އެވެ. އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބު ކުރަން ނިންމާފަ އެވެ. އެގޮތަށް ނިންމާފައި ވަނިކޮށް ނައިބު ރައީސް ހޮވަން ބޭއްވި ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ ޖާބިރުގެ ނަން ހުށަހަޅުއްވާފަ އެވެ. އެ ވޯޓުން ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ސައްލެ އިންތިހާބު ކުރީ 53 މެމްބަރުންގެ ވޯޓުންނެވެ.

ވޯޓުން ބަލިވުމުން އެ ރޭ ވެސް ޖާބިރު ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ.

ކޮމެންޓް

2
450
ޔޫއްޓެ
9 months ago

"ޖާބިރުގެ މި އަމަލާ ގުޅުވައި އަސްލަމް އިލްތިމާސް ކުރައްވާފައި ވަނީ މަޖިލީސް އިދާރާގައި ހުރި ތަކެއްޗަކީ ދަައުލަތުގެ ތަކެއްޗަށް ވާތީ، އެތަކެއްޗަށް ގެއްލުން ނުވާނެހެން އަމަލުތައް ބެހެއްޓުމަށެވެ." އަސްލަމު މެން މިހާރު ލަދެއް ނުގަނެ ތިވާހަކަ ދައްކާކަށް. ބަލަ އިހައްދުވަހު ދޯ މަޖިލިސްގެ އަމީން އާންމު ގެ ފޯނާއި އަދި ވެސް އިދާރީ މަސަކަތް ކުރަން ގެންގުޅޭ ކޮމްޕިއުޓަރ ސިސްޓަމް ތަކަށް ގެއްލުން ދިނީ. އޭރު ކޮބާ މިވާހަކަ.

ޖަވާހިރުމާގޭ ދީޑީ
9 months ago

މިވަރު މީހުން ކީއްކުރަންތަ މަޖިލިސް އަށް ކުރިމަތިލަނީ؟؟ ހަމަ މީހެއްނޫން މީކީ. ނައިބުރައީސް ހޮވި އިރު ލިބުން ވޯޓް ވެސް އިނގޭނެ ޖާބެގެ އަގު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.