ރައީސް ސޯލިހްގެ ވެރިކަމުގައި މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރަށް މަސައްކަތް ނިންމާށެވެ. ނަމަވެސް އެ މުއްދަތަށް ފުރަތަމަ މަަސައްކަތް ވެސް ނުފެށުނެވެ.
އަމީނީ މަގުގެ ނުނިމި އޮތް ބައި ހެދުމާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އާރުޑީސީ) އަދި ސްޓޭކް ހޯލްޑަރުންނާއެކު މިއަދު މަޝްވަރާ ކޮށްފުި އެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި އަމީނީ މަގުގެ އެންމެ ފަހު ސެގްމެންޓް 12، އަދި 13 ގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ މަސައްކަތް ކުރާން ފެށުމުން މަގު ބޭނުން ކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން އަމީނީ މަގުގެ ޓްރެފިކް ފްލޯ އަށާއި ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސް ރޫޓް ތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީ ކުރުން ހިމެނެ އެވެ.
މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހާވާލުކުރީ 84.4 މިލިޔަން ރުފިޔާ އަށެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި މި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރަށް މަސައްކަތް ނިންމާށެވެ. ނަމަވެސް އެ މުއްދަތަށް ފުރަތަމަ މަަސައްކަތް ވެސް ނުފެށުނެވެ. އޭގެ ފަހުން އެކި ތާރީހުތައް ކަނޑައަޅާ އެންމެ ފަހު ތާރީހަކަށް ކަނޑައެޅީ މި އަހަރުގެ ސެޕްޓެންބަރެވެ. އެ މުއްްދަތު ނިމި ރައީސް ސޯލިހްގެ ސަރުކާރު ނިމިގެން ދިޔައިރުވެސް އަމީނީ މަގު މުޅީން ނުނިމުނެވެ.