މަންޑޭގެ މުދާ ހިފެހެއްޓި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

މަންޑޭގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މި މައްސަލައިގައި، ކޭޕާކްގެ 41 އެޕާޓްމެންޓް 107 މީހަކަށް ވިއްކާފައިވެ އެވެ.

ހަސަން މަމްދޫހު: އޭނާގެ މައްޗަށް 225 ދައުވާ ކުރާނެ --

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ހުޅުމާލެ ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ރަޖިސްޓްރާ ބޭރުކޮށްލައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ މުދާތައް ފުލުހުން ހިފަހައްޓާފައި ވަނީ ފޭކު ޑޮކިއުމެންޓްތައް އުފައްދައިގެން ކޭޕާކް އެޕާޓްމެންޓްތައް ވިއްކައިގެން ލިބުނު ފައިސާ ލޯންޑާ ކޮށްގެން ހޯދާފައިވާ މުދާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ އަމުރު ބާތިލު ކުރަން މަންޑޭގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލާފައި ވަނީ، އިސްތިއުނާފީ ނުކުތާތައް އެއްވެސް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާ ދީފައި ނުވާތީ އެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އިއްޔެ ނިންމާފައިވެ އެވެ.

މަންޑޭގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މި މައްސަލައިގައި، ކޭޕާކްގެ 41 އެޕާޓްމެންޓް 107 މީހަކަށް ވިއްކާފައިވެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ ހިފަހައްޓާފައިވާ މަންޑޭގެ އެޕާޓްމެންޓްގައި ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ހުރި ކަމަށެވެ. އެއީ ކޭޕާކްގެ ހަތަރު އެޕާޓްމެންޓް ވިއްކުމަށްފަހު ލިބުނު ފައިސާއިން ގަނެފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ޕެންޓް ހައުސެކެވެ. އެތަނުގެ އަގަކީ 7.8 މިލިއަން ރުފިޔާ އެވެ.

މި އެޕާޓްމެންޓުން ފެނުނު ސާމާނުތަކުގެ ތެރޭގައި ގަހަނާއާއި ބްރޭންޑެޑް އަގުބޮޑެތި ދަބަހާއި ބޫޓާއި ފައިވާނާއި އަދި ސެންޓް ފުޅި ހިމެނެ އެވެ.

"200 ވަރަކަށް ސެންޓުފުޅި އެބަހުރި ނުކަނޑާ، ލަގްޒަރީ ހޭންޑްބޭގާ، ގާތްގަނޑަކަށް 90،000 ރުފިޔާގެ ދަބަސް، 40،000 ރުފިޔާއާ 50،000 ރުފިޔާގެ އަތްދަބަސް، ތަފާތު ވައްތަރުގެ ގަހަނާ 10،000 ޑޮލަރުގެ، 25،000 ޑޮލަރުގެ ގަހަނާ އެބަހުރި އެތާ. ޖުމްލަ މި ހުރިހާ އެއްޗެއްގެ އަގު ހަތް މިލިއަން ރުފިޔާއަށް އެބަ އަރާ،"

ޕެންޓްހައުސް އާއި އެތަނުން އަތުލައިގަތް ތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ. 

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 225 އެއްހާ ދައުވާ ކުރާނެ ކަމަށް ޝަމީމް ކުރިން ވިދާޅުވެފައިވެ އެވެ. މަންޑޭގެ ފަރާތުން ގެއްލުން ލިބުނު ކޮންމެ މީހެއްގެ ނަމުގައި ކުރާނީ ވަކި ދައުވާ އެކެވެ.

ކޮމެންޓް

1
450
އަލިކޮއި
9 months ago

މަށެއް ނުބުނަން މަންޑޭ ކުރި ކަމަށް ތުހުމަތު ކުރާ ކަން ކަމަކީ ރަނގަޅު ކަމެކޭ. އެކަމަކު މިރާއްޖޭގައި އެބަހުރި އެއަށްވުރެބޮޑެތި ވައްކަން ކޮށް ސަރުކާރަށް ހިޔާނާތްވެފަ. އެއިން މީހެއްގެ މުދާ ނުނަގާ،އަދި އަނބި ދަރިން ގެ ފޮޓޯ އާންމެއް ނުކުރެ. ބޮޑަށް ހީވަނީ ޒާތީ ކަމެއްހެން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.