އައްޑޫން ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދު

އައްޑޫގައި ގްރޫޕް މާމާރީތައް ފެށިފައިވާއިރު މާލޭގައި ވެސް އެފަދަ މާރާމާރީއެއް އައިސްފައި ވެއެވެ. އެހެން ވެގެން ފުލުހުން ވަނީ މާލެ އާއި އައްޑޫސިޓީގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ.

ސ. ހިތަދޫގައި މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފި އެވެ. އެމީހުނަށް ބަނދު ޖަހައި ދިނީ ދެކުނު ސިޓީގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ. 

 އެ މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތު ވެގެން ހައްޔަރަށް ގެންދިޔައީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ހަތަރު ޒުވާނެކެވެ. 

މި މާރާމާރީއަށް ފަހު އެ މީހުން ހައްޔަރު ކުރި އިރު، މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލި އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ދެރަ އެވެ. އޭނާ ހަމާލާ ދީފައި ވަނީ ވަޅިން ކަމަށް ވެއެވެ. 

އައްޑު އަތޮޅުގައި އިއްޔެ ވެސް މާރާމާރީއެއް ހިނގާފައި ވެއެވެ. އެ މާރާމާރީގައި ވެސް ޒުވާނަކު ޒަހަމްވެފައި ވެއެވެ. 

އައްޑޫގައި ގްރޫޕް މާމާރީތައް ފެށިފައިވާއިރު މާލޭގައި ވެސް އެފަދަ މާރާމާރީއެއް އައިސްފައި ވެއެވެ. އެހެން ވެގެން ފުލުހުން ވަނީ މާލެ އާއި އައްޑޫސިޓީގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.