"މި" ނޫހަށް ޒުވާން ނޫސްވެރިން ބޭނުން

"މި" ނޫހަކީ އާންމު މަގޫބުލުކަން އޮތް ފުރިހަމަ ނިއުސް ރޫމަކާއި ވަސީލަތްތަކާއެކު ގާއިމް ކޮށްފައިވާ ނޫސްވެރި ކަމުގެ ތަޖުރިބާ ލިބިފައި ނޫސްވެރިން މިވަގުތު ވެސް މަސައްކަތް ކުރާ ނޫހެކެވެ.

ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަން ވަރަށް ޝައުގު ހުރި އަދި ރަނގަޅު ފެންވަރުގައި ނޫސްވެރިކަން ކުރަން ބޭނުންވާ އާ ޒުވާނުންނަށް "މި" ނޫހުގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތާއި ނިއުސް ރޫމްގައި އޮންދަ ޖޮބް ޓްރޭނީ / އިންޓާންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މި" ނޫހުގެ "ފަހި ޖާގަ" ހުޅުވާލާފައި ވަނީ މި ޑިސެމްބަރު މަހުގެ ނިޔަލަށެވެ. 

ވަޒީފާއަށް ނަގާ ފަރާތްތަކާއި އޮންދަ ޖޮބް ޓްރެއިނީ / އިންޓާންގެ ގޮތުގައި ނަގާ އެންމެނަށް ވެސް ނޫސްވެރިކަމުގެ ތަމްރީނު ދީ އަހުލުވެރި ކުރުވާނެ އެވެ.

"މި" ނޫހަށް ބޭނުން ވަނީ ވަރަށް ޝައުގުވެރި ކަމާއެކު ގިނައިރު އުޅެ، އުފެއްދުންތެރި ނޫސްވެރިކަމެއް ކުރަން ބޭނުންވާ ދެ ޖިންސުގެ އާ ޒުވާނުންނެވެ. ނޫސްވެރި ކަމަށް ޝައުގުވެރިކަން ހުރުމުގެ އިތުރުން މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ބާއްވާ އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރުކޮށް ދާއިރާ އާއި ގުޅޭ މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދެޖިންސުގެ ޒުވާނުންނަށް އިސްކަން ދޭނެ އެވެ.

އެއްވެސް ޝަރުތެއް ނެތް ޝައުގުވެރިކަން ވަރަށް ބޮޑު އަދި ގިނަ ވަގުތު ދެވޭނެ އާ ޒުވާނަކަށް ވުން ފިޔަވައި ޝަރުތެއް ނެތެވެ. ސީވީއެއް އެއްވެސް ތައުލީމީ ޑޮކިއުމެންޓެއް ފޮނުވާކަށް ވެސް ނުޖެހެ އެވެ. ހަމަ އެކަމި މި ފޯނު ނަމްބަރުތަކަށް: 7692887 / 7399333 އަށް ގުޅައި އިންޓަވިއުއަކަށް އެދުމުން ނިމޭނެ އެވެ. އިންޓަވިއު އޮންނާނީ "މި" ނޫހުގެ އިދާރާ ހ. ފެއާލިން ދެވަނަ ބުރީގަ އެވެ.

"މި" ނޫހަކީ އާންމު މަގޫބުލުކަން އޮތް ފުރިހަމަ ނިއުސް ރޫމަކާއި ވަސީލަތްތަކާއެކު ގާއިމް ކޮށްފައިވާ ނޫސްވެރި ކަމުގެ ތަޖުރިބާ ލިބިފައި ނޫސްވެރިން މިވަގުތު ވެސް މަސައްކަތް ކުރާ ނޫހެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.