ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް މޫސާ އައްޔަނު ކުރުމަށްފަހު މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ޕާޓީން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް: ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް ވަނީ އައްޔަނުކޮށްފައި --

ރާއްޖޭގެ ވެރިކަން ކުރާ ކޮންގްރެސް ޕާޓީ / ޕީއެންސީ ގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އައްޔަނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރު ކަމަށް މޫސާ އައްޔަނު ކުރުމަށްފަހު މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ޕާޓީން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. 

އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބު ތެރެއިން މޫސާ ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް، އޭނާ ޕީއެންސީއާ ގުޅިވަޑައިގަނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުންނެވެ.

ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމުގައި ކުރިން ހުންނެވީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ފަޒުލް ރަޝީދެވެ. އޭނާ މަޖިލީހުން އިސްތިއުފާ ދެއްވާފައި ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ. ފަޒުލްގެ ކުރިން އެ މަގާމުގައި ހުންނެވީ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންނެވުމަށެވެ.

މިހާރު މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރަން ތިބީ ދެ މެމްބަރުންނެވެ. އަދި ޕީޕީއެމް ތަމްސީލު ކުރަން ވެސް ތިބީ ދެ މެމްބަރުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.