ބުޅަލު ބަނޑަށް ވަޅިހެރި މީހާގެ ބަންދަށް އިތުރު 10 ދުވަސް

ވީޑިއޯއިން ފެންނަ ގޮތުގައި ދުވާރުމަތީގައި އޮތް ބުޅަލަކާ އެމީހާ ގާތްވެ، އެ ބުޅަލުގެ ކައިރިއަށް މަޑުކޮށްލާފައި ޖީބުން ވަޅިއެއް ނަގައި ބުޅަލުގެ ބަނޑަށް ހަރާލަ އެވެ.

ބުޅަލަށް ވަޅިން ހަމާދޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

މާލޭ މަގުމަތިން ބުޅަލަކަށް ވަޅިން ހަމާދިން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރު ކޮށްދީފި އެވެ.

އެ ހަލައަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރީ މ. ކޮޅުފުށި، ޖަވާހިރުވާދީ، އަހްމަދު ނަސީމް 45، އެވެ. އަދި އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މަހުގެ 18 އިގަ އެވެ.

ފުލުހުން ބުނީ ނަސީމް، ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރުގެ މުއްދަތު ހަމަވުމާ ގުޅުވައިގެން އަލުން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.

މާލޭގެ އަމީރު އަހްމަދު މަގާއި ކަސްތޫރި މަގު ގުޅޭ ކަންމަތީގައި ހުންނަ ފިހާރައެއް ކައިރީ ކާން އޮތް ބުޅަލަކަށް އެ މީހާ ހަމަލާ ދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދުވާރުމަތީގައި އޮތް ބުޅަލަކާ އެމީހާ ގާތްވެ، އެ ބުޅަލުގެ ކައިރިއަށް މަޑުކޮށްލާފައި ޖީބުން ވަޅިއެއް ނަގައި ބުޅަލުގެ ބަނޑަށް ހަރާލަނީ އެވެ. 

ހަމަލާއަށް ފަހުއެ ބުޅާ، އެދުވަހު މަރުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.