އިންޑަސްޓްރީއަށް މިނިސްޓަރު އޯކޭ ؛ ބޭނުމީ ވާހަކައެއް ނޫން، ނަތީޖާ

މިނިސްޓަރު ސްޕީޗަށް ގިނަ ބަޔަކު ފާޑުކީނަމަވެސް އިންޑަސްޓްރީން ބުނަނީ ބޭނުންވަނީ އެނަޖެޓިކް ގުޅިގެން މަޝްވަރާ ކުރާ ވަޒީރެއް ކަމަށެވެ. ސިނާއަތުގެ ނޮލެޖު އިންޑަސްޓްރީގައި އެބަހުރި ކަމަށެވެ.

ބޯޑިން އެވޯޑު ހަފުލާގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް އަދި އިންޑަސްޓްރީގެ އިސް ފަރާތްތަށް

ރޭ ބޭއްވި ބޯޓިން އެވޯޑުގެ ހަފުލާގައި އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަފުޅު ދެއްކެވި ގޮތާމެދު ބައެއް މީހުން ދަނީ ފާޑު ކިޔަމުންނެވެ. މިނިސްޓަރު ފައިސަލަކީ އެ މަގާމަށް ގާބިލު ނޫން މީހެއްގެ ގޮތުގައި ބުނެ ސޯޝަލް މީޑިއާގައި ދަނީ ސުވާލުކޮށް ބަހުސް ކުރާ ބަޔަކު ވެސް އުޅެ އެވެ. 

ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީ މުޅިންހެން އޮތީ މިނިސްޓަރު ފައިސަލާއެކުގަ އެވެ. އެ ދާއިރާއިން ގާތްގަނޑަކަށް އެންމެން ބުނާ ގޮތަކީ މުހިންމީ މޮޅު ވާހަކަ ދެއްކުންތެރިއެއް ނޫނެވެ. އިންޑަސްޓްރީއާ އެ އިންޑަސްޓްރީގެ ހާލަތު އޮތް ގޮތަށް ބަލައި މުހިންމީ ވާހަކަ ދައްކާ މީހަކަށްވުރެ ނަތީޖާ ނެރެދޭނެ މީހާ އެވެ. 

ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމަށްވާ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާ ގިނަ ބަޔަކު ތިބޭ ޓޫރިޒަމް ގްރޫޕުތައް އޮވެ އެވެ. އެހެން ހުރި ހުރިހާ ގްރޫޕްތަކުގައި ވެސް މިނިސްޓަރުގެ ވާހަކަފުޅުގެ މައްޗަށް ބަހުސް އެބައޮތެވެ. 

އެ ފަދަ އެއް ގްރޫޕެއްގައި ހިޔާލުފާޅު ކުރައްވަމުން މަޓާޓޯގެ ކުރީގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވި ގޮތުގައި ދިމާވެފައި އޮތް ކަމުގެ ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރުގެ ޕީއޭ އެވެ. 

އޭނާގެ ވާހަކަފުޅާ ވިއްދައި އިނަ މޯލްޑިވްސް ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ މިނިސްޓަރު ފައިސަލްއަކީ މަޖިލީހުން ރުހުން ދީފައިވާ މިނިސްޓަރަކަށް ނުވާތީ ޕީއޭއެއް އަދި ނުހުންނާނެ އެވެ. އޭނާ ވިދާޅުވީ މިވަގުތު އިންޑަސްޓްރީން މިނިސްޓަރަށް ސަޕޯޓް ދޭން ޖެހޭނެ އެވެ. އެ ސްޕީޗްއަކީ މިނިސްޓަރުގެ ފުރަތަމަ ޕަބްލިކް ސްޕީޗެވެ. އިތުބާރު ލިބި ރަނގަޅުވާނެ އެވެ. 

މި ގްރޫޕުގައި ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވެފައިވާ ގޮތުގައި މިނިސްޓަރު ފައިސަލްއާ ދެ ފަހަރެއްގެ މަތިން ބައްދަލު ވެއްޖެ އެވެ. އެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުގައި މިނިސްޓްރީ ތެރޭ ގައި "މާކެޓް އިންޓެލިޖެންސް ޑިޕާމެންޓެއް" ނެތުމުގެ ސަބަބުން ފަތުރުވެރިކަމުގެ މިސްރާބު މީޒާނުން ނެއްޓޭކަން ދެނެގަތުމަށް މިނިސްޓްރީ ނުކުޅެދިފައިވާ ކަން މިނިސްޓަރު ފައިސަލް ގަބޫލުފުޅު ކުރެއްވެވި އެވެ. 

ކޮވިޑް-19 ގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ރާއްޖެއަށް ރަޝިއާ މާކެޓު އަނބުރާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ވަލީދު ވިދާޅުވި ގޮތުގައި މިނިސްޓަރު ފައިސަލަކީ ތަފާސްހިސާބުތަކާއި މާކެޓަަށް އަންނަ ބަދަލު ދެނެގަނެ އަޅާންޖެހޭ ފިޔަވަޅުތައް އަޅަން ކެރި ވަޑައިގަންނަވާނެ ބޭފުޅެއްކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ. 

މިނިސްޓަރު އިބްރާހިމް ފައިސަލް

މިނިސްޓަރު ފައިސަލްގެ ވާހަކަފުޅާ ބެހޭ ގޮތުން މޯޓިވޭޝަނަލް ސްޕީޗާއި ޕަބްލިކް ސްޕީޗް ދިނުމުގެ ހުނަރުތަކުގެ ތަމްރީން ދެއްވާ ހުސެއިން އަފީފް (ލަކްސް އަފީފު) ވިދާޅުވެފައިވާ ގޮތުގައި އެންމެން އުންމީދުކުރާ ގޮތަށް އެހެން މީހުނަށް ވާހަކަ ނުދެއްކޭތީ ނުވަތަ ހުށަހަޅައި ނުދެވުމުން އެއީ ދުވަހަކު ވެސް ލަދުގަންނަން ޖެހޭވަރުގެ ކަމެއް ނޫނެވެ. މޮޅަށް ވާހަކަ ދެއްކުމާއި ނުދެއްކުމަކީ އެމީހެއްގެ ވިސްނުންތެރިކަމާއި ގާބިލު ކަމާމެދު ސުވާލު އުފެއްދޭ ވަރުގެ ކަމެއް ވެސް ނޫނެވެ. 

ބޯޑިން އެވޯޑު ހަފުލާގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް އަދި އިންޑަސްޓްރީގެ އިސް ފަރާތްތަށް

ޓޫރިޒަމް އެހެން ގްރޫޕެއްގައި އިންޑަސްޓްރީގެ އިސް ބޭފުޅަކު ވަނީ ސުވާލެއް އުފައްދަވާފަ އެވެ. އެއީ ކުރިން ޕީއެޗްޑީ ނަގައިގެން މޮޅަށް ވާހަކަ ދެއްކެވި އެތައް ބަޔަކު މިނިސްޓްރީ ހިންގެވި ނަމަވެސް ނެރެވުނީ ކޮން ނަތީޖާއެއް ތޯ އޭނާ ކުރެއްވި ސުވާލެކެވެ. 

"ރައީސް ސޯލިހު އާއި މިނިސްޓަރު ނަހުލާއަކީ ނުކިޔަވާ ބޭފުޅުންނޭ ކިޔައިގެންވެސް ވާހަކަ ދެއްކި. ޕަބްލިކް ސްޕީޗްތަކަށް ވެސް ފާޑުކި. އެކަމަކު ރައީސް ސޯލިހު ނޫންތޯ އެންމެ ރަނގަޅު ވަގުތު ބޯޑަރު ހުޅުވައި އިކޮނޮމީ ހިންގީ. ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ނޫންތޯ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިޖިޓަލްކޮށް ފަސޭހަ ކުރަން ފިޔަވަޅު އެޅީ... މީގައި މުހިންމީ މޮޅަށް ވާހަކަ ދެއްކުން ތޯ ނޫނީ ނަތީޖާ ތޯ؟،" އެ ބޭފުޅާ ވިދާޅުވި އެވެ. 

ކޮމެންޓް

6
450
ނާޑުވާ
9 months ago

މި ނޫހުގެ ބޭފުޅުނުންނާ އިންޑަސްޓްރީ ވާހަކަ ދެއްކީތޯ؟ އިންޑަސްޓްރީ ގައި މަސައްކަތްކުރާ ފަރާތްތަކަށް އަދި އިންޑަސްޓްރީ ހިންގާ ފަރާތްތަކަކަށްވެސް މިނިސްޓަރ ކަމަކު ނުދޭ

ބޮކި
9 months ago

ބޮކި 4. އެއްވެސް ރަނގަޅެއް ނޫން!!!

ޒަމްޒަމް
9 months ago

ބޭނުންވަނީ ނަތީޖާނެރެވޭ މޮޅުވާހަކަދެއްކުންތެރިއެއް

އަބްދުﷲ
9 months ago

ސުއޫދު ކައިރީ ބުނޭ މިނިސްޓަރުގެ އަދި ޕީއޭ އެއް ނުހުރެއޭ. އިދާރީގޮތުން ރަނގަޅު ސްޕީޗެއް ތައްޔާރުކޮށްފަ އެރުވީމަ ކަމުނުގޮސްގެން އަމިއްލަފުޅަށް ހެއްދެވޭނީ ތިމާގެ ހުރި ފެންވަރެއްގެ އެއްޗެކޭ

ޕެއިޑް އާރޓިކަލް
9 months ago

އެހެން ވިޔަސް އޭނައަކީ ޕަބްލިކް ސާރވަންޓްއެއް، ޕަބްލިކް އިތުބާރު ގެއްލުނީމަ މަގާމަށް ކުފޫހަމަ ނުވަނީ، ރީތި ގޮތަކީ އިސްތިއުފާ ދިނުން، މީ އިންޓާން ޝިޕްއެއް ނޫން

ފަޖިީ
9 months ago

ފުރުސަތު ދޭށޭ ،،،ފުރުސަތު ދޭށޭ ،، ދިނީމަ ދެން ނުވެޖިއްޔާ ގަދަކަމުން ވިޔަސް ވަކި ކުރަންވާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.