ޖަވާބުދާރީ ވުމަށްފަހު އީވާ އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އީވާ އިންތިހާބުކުރީ މޭ 28، 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ: މިއަދު އެކަމަނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމުގެ ކުރީ އެކަމަނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނައިބު ރައީސްގެ މަގާމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ، އީވާ ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށެވެ. ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން ރައީސް މުހައްމަދު އަސްލަމް ވަނީ އީވާ ޖަވާބުދާރީވެ ވަޑައިގަތުމަށް 30 މިނެޓްގެ ވަގުތު ދެއްވާފަ އެވެ.

އީވާ ވަނީ އެކަމަނާގެ ދިފާއުގައި ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން، އެކަމަނާއަކީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ނާގާބިލު މީހެއް ކަމަށް މަޖިލީހުގެ އެއްވެސް މެމްބަރަކަށް ވިދާޅުވު ނުވެވޭވެ ކަމަށް ވެސް ވިދާޅުވި އެވެ.

އަމިއްލަ ނަފްސު ދިފާއު ކުރެއްވުމަށް ފަހު، ވާހަކަފުޅު ނިންމަވާލައްވަމުން އީވާ ވިދާޅުވެފައި ވަނީ އެކަމަނާގެ އިސްތިއުފާގެ ސިޓީ ކުޑައިރުކޮޅެއްގެ ތެރޭގައި ރިޔާސަތަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ހަމަ އެވަގުތު އެ ސިޓީ ރިޔާސަތާ ހަވާލު ކުރެއްވީ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ. 

ސިޓީ ހަވާލުކު ރެއްވުމުން އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ އެ ސިޓީ މަޖިލީހަށް އިއްވަވާފަ ދެއްވާފަ އެވެ. އެހެންވެ، އީވާ އިސްތިއުފާ ދެއްވާފައިވާ ކަން އިއުލާނުކޮށް، އެހިސާބުން ޖަލްސާ ނިންމާލެއްވީ އެވެ.

އީވާ އިސްތިއުފާ ދެއްވުމުން އެމްޑީޕީ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި ބަހުސް ކުރުމަށް ފުރުސަތު ދެއްވަން އެދިވަޑައިގެންފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެ ފުރުސަތު ދެއްވާކަށް ބޭނުންފުޅުވެ ވަޑައެއް ނުގަތެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އީވާ އިންތިހާބުކުރީ މޭ 28، 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގަ އެވެ.

ކޮމެންޓް

1
450
ސަތޭ
9 months ago

އީވާގެ ފެމިލީއަކީ އެހެން ފެމިލީއެއް ނަމަ ތި ގޮނޑި ލިބޭނެ؟ ނޯ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.