ގްރޫޕް މާރާމާރީ: އައްޑޫން ހަތަރު މީހަކު ހައްޔަރަށް ނަގައިފި

ދެކުނުން އައްޑޫގައި ގްރޫޕް މާރާމާރީތައް ފަށާފައި އޮތް އިރު ވެރިރަށް މާލޭގައި ވެސް ގްރޫޕް މަރާމާރީތައް އޮތީ ފެށީފަ އެވެ. އެހެންވެ މާލެއާ އައްޑޫ ބެލެހެއްޓުމަށް ފިޔަވަޅުތައް އަޅައި ފުލުހުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ވެސް ކޮށްފަ އެވެ.

އެސްއޯ ފުލުހުންތަކެއް:

އައްޑު އަތޮޅުގެ ގްރޫޕް މާރާމާރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރަށް ނަގައިފި އެވެ. 

ފުލުހުންގެ އޮޕަރޭޝަނެއްގައި ރޭ އެ ހަތަރު މީހުން ބަންދަށް ގެންދިޔައިރު އޭގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ހަތަރު ޒުވާނުންނެވެ. އެ އެންމެނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ހަތަރު މީހުން ހައްޔަރު ކުރީ އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލުމުގެ ތުހުމަތަށެވެ. އެ  މާރާމާރީ ހިންގާފައި ވަނީ އެ ރަށު ދެ ގްރޫޕެއްގެ ދެމެދުގަ އެވެ. އެ މާރާމާރީގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމް ކޮށްލާފައިވާއިރު އޭނާގެ ހާލު ވަރަށް ދެރަ އެވެ. 

ދެކުނުން އައްޑޫގައި ގްރޫޕް މާރާމާރީތައް ފަށާފައި އޮތް އިރު ވެރިރަށް މާލޭގައި ވެސް ގްރޫޕް މަރާމާރީތައް އޮތީ ފެށީފަ އެވެ. އެހެންވެ މާލެއާ އައްޑޫ ބެލެހެއްޓުމަށް ފިޔަވަޅުތައް އަޅައި ފުލުހުން ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ވެސް ކޮށްފަ އެވެ.

ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު މާލެ ސިޓީ ގައި ހިންގި މާރާމާރީއާ މި މަހުގެ ފުރަަތަމަ ދުވަހުގެ ރޭ އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން މާލެއާ އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަަސައްކަތްތަކެއް އެ ހިދުމަތުން ކުރަމުންދެ އެވެ. 

އެގޮތުން އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި މާލެ އިން އިތުރު ޓީމުތަކެއް އެ ސިޓީއަށް ގޮސް މަސައްކަތް ކުރާނެ އެވެ.

އައްޑު އަތޮޅަކީ މާލެ ފިޔަވައި ގޭންގް މާރާމާރީތައް އެންމެ ގިނަ އަތޮޅެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.