އޮކްޓޫބަރާއި އޮކްޓޫބަރު: އިންފްލޭޝަން 2.46 ޕަސެންޓް މަތި

ދެ އަހަރުގެ އޮކްޓޫބަރު މަސް އަޅާ ކިޔާލާނަމަ މުދަލުގެ އަގު ހުރީ އިންތިހާއަށް މައްޗަށް ޖެހިލާފަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ފައިސާ ޗާޕު ކުރުމުން ޑޮލަރުގެ އަގު މަތިވުމެވެ.

ކޮންމެ ދުވަހަކު މީހުން ވިޔަފާރި ކުރާ މާލެ މާރުކޭޓް : ތަކެތީގެ އަގު އުފުލުމުގެ މައްސަލަ ބޮޑު

މިދިޔަ އަހަރާއި މި އަހަރުގެ އޮކްޓޫބަރު މަސް އަޅާ ކިޔާނަމަ ރާއްޖޭގެ ބާޒާރުގެ އަގުތަކަށް 2.46 ޕަސެންޓުގެ އުފުލުމެއް އައިސްފައިވާ ކަމަށް ދައްކައިިފި އެވެ. 

ގައުމީ ތަފާސް ހިސާބުތަށް ބަލަހައްޓާ އޮފީސް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު  ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި މި އަހަރުގެ އޮކްޓޫބަރު މަސް އަޅާ ކިޔާނަމަ ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ހުރީ ބޮޑުތަނުން އުފުލިފަ އެވެ. މިގޮތުން އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގުތައް މައްޗަށް ޖެހިލާފައިވާކަން ފާހަގަ ކުރެވެ އެވެ. 

ދެ އޮކްޓޫބަރު އާޅާ ކިޔާއިރު

  •  މަސް ހިމަނައިގެން ނޮން އަންކަހޯލިކް ބެވަރޭޖް ބަލާނަމަ - 5.51 ޕަސެންޓް
  •  ދުންފަތާއި ފޯއް - 3.55 ޕަސެންޓް
  •  އަންނައުނާއި ފައިވާން - 1.20 ޕަސެންޓް
  •  ފެނާއި ކަރަންޓު އަދި ގޭހާއި ތެޔޮ - 1.67 ޕަސެންޓް
  •  ހައުސްހޯލްޑް އައިޓަމްސް އަދި ކާޕެޓް - 4.49 ޕަސެންޓް
  •  ސިއްހީ ދާއިރާ - 5.16 ޕަސެންޓް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން މި އަހަރުގެ އޮކްޓޫބަރު މަހާ ހަމަށް ބަލާނަމަ އަގުތައް އެންމެ ބޮޑަށް ދަށްވެފައި ވަނީ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަންގެ ބައިންނެވެ. މި ބައިން 8.84 ޕަސެންޓް އުފުލިފައިވެ އެވެ. 

އަގު އުފުލެން މެދުވެރިވާ ބައެއް ސަބަބު:

  •  ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގަށް އަންނަ ބަދަލު
  •  މުދާ އިމްޕޯޓް ކުރަން ބޭނުންކުރާ ޑޮލަރުގެ އަގު އުފުލުން
ސީޕީއައި ނަގަނީ - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.