އަމްރު ވިދާޅުވީ ވޯޓް ފޮށިތަކުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ޓީމުން ތިބީ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާން ނުކުރާން ކަމަށެވެ.
ދަ ޑިމޮކްރެޓްސް އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކާމިޔާބު އިއުލާނު ކުރަައްވައިފި އެވެ.
ޑިމޮކްރެޓިންގެ ފުރަތަމަ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ހަވީރު 4:00 އަށް މާލޭގައި ވޯޓުލުން ކުރިއަށް ދިޔަ އެވެ. ރާއްޖޭގެ ގިނަ ރަށްތަކެއް ގައި ވެސް ވޯޓްލުން ކުރިއަށް ގެންގޮސްފައި ވެ އެވެ.
ނަމަވެސް މިހާތަނަށް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައެވެ. ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްވާތީ ސުވާލު ކުރުމުން އެ ޕާޓީން ބުނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ މާދާމާ ކަމަށެވެ.
ޕާޓީން އެގޮތަށް އިއުލާނު ކޮށްފަައި ވަނިކޮށް ޑިމޮކްރެޓްސްގެ ރައީސް ކަމަަށް ވާދަކުރެއްވި އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވަނީ ކާމިޔާބު އިއުލާނު ކުރައްވާފައެވެ. ވިދާޅުވީ ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން މިއަދުގެ އިންތިހާބު ކާމިޔާބު ވެއްޖެ ކަމަަށެވެ. އަދި ވިދާޅުވީ މިއަދު މުޅި ރާއްޖޭގައި ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް ކަމަށާ ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން ކަމަަށެވެ.
ހަސަންގެ އެ ވާހަކަތަކަށް އަމްރު ވަނީ ރައްދު ދެއްވާފައެވެ. އަމްރު ވިދާޅުވީ ވޯޓް ފޮށިތަކުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ޓީމުން ތިބީ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާން ނުކުރާން ކަމަށެވެ.
ދަ ޑިމޮކްރެޓްސް އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ މާދަމާ ކަމަަށް ހާމަ ކުރުމުން ޕާޓީގެ މެންބަރުން ދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
މިރޭ ނަތީޖާ އިއުލާނު ކުރަން ޖެހޭނެ ކަމަަށް ބުނެ މެންބަރުން ގެންދަނީ ސޯޝަލް މީޑިއާ ގައި ޝުއޫރުފާޅު ކުރަމުންނެވެ.
"މިރޭ ވަގުތީ ނަތީޖާ ހާމަ ކުރަން ޖެހޭ. ލަސްވަންޏާ ލަސްވާ ސަބަބު ޕާރޓީން ހާމަކުރަން ޖެހޭ،" ޑިމޮކްރެޓްސްގެ އިސް އެކްޓިވިސްޓް ކޫލަސް ޖަލީލު ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ޑިމޮކްރެޓްސްގެ ރަސްމީ ދަފުތަރު ބުނާ ގޮތުން ޑިމޮކްރެޓްސްގައި އަދި ތިބީ 3،280 މެންބަރުންނެވެ. ނަމަވެސް އިންތިހާބު ގައި 5،000 ވުރެ ގިނަ މެންބަރުންނަށް ވޯޓް ދެވެއެވެ.
މިހާ މަދު އަދަދެއްގެ ވޯޓް ގުނާ ވަގުތީ ނަތީޖާ ނެރެން ފަސް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަަށް ބުނެ ވެސް ބައެއް މެންބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
"ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އެރޭ 9:00 ކުރިން ލިބުނު. އެެއީ އަދި މުޅި ރާއްޖޭ އާއި އެކިއެކި ގައުމު ތަކުގަ ބެހެއްޓި ފޮށިތަ. ބަލައިނުގެނެވޭނެ. މިރޭ ވާނެ ވަގުތު ނަތީޖާ އިއުލާން ކުރަން މިހާރުވެސް މާ ލަސްވެެއްޖެ،" އެހެން މެންބަރަކު ލިޔެފައި ވެއެވެ.
ވޯޓް ނުގުނަނީސް މޮޅުވި މީހެއް އެނގޭނީ ކިހިނެއް؟؟ މަޖިކްއަކުން ކެކެކކެެކ