ހަސަން ދެންމެ ވިދާޅުވީ ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން މިއަދުގެ އިންތިހާބު ކާމިޔާބު ވެއްޖެ ކަމަަށެވެ.
ދަ ޑިމޮކްރެޓްސް އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނު ނުކުރާނެ ކަމަށް އެ ޕާޓީން ބުނެފައި ވަނިކޮށް އިންތިހާބުން މޮޅުވެއްޖެ ކަމަށް އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި ހަސަން ލަތީފް އިއުލާނު ކުރަައްވައިފި އެވެ. ހަސަންގެ މި އިއުލާނާ އެކު މައްސަލަ ވަނީ ގޯސް ވެފައެވެ.
ޑިމޮކްރެޓިންގެ ފުރަތަމަ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ހަވީރު 4:00 އަށް މާލޭގައި ވޯޓުލުން ކުރިއަށް ދިޔަ އެވެ. ރާއްޖޭގެ ގިނަ ރަށްތަކެއް ގައި ވެސް ވޯޓްލުން ކުރިއަށް ގެންގޮސްފައި ވެ އެވެ.
ނަމަވެސް މިހާތަނަށް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައެވެ. ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްވާތީ ސުވާލު ކުރުމުން އެ ޕާޓީން ބުނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ މާދާމާ ކަމަށެވެ.
ނަމަވެސް ވަކި ވަގުތެއް ނުބުނެ އެވެ. އަދި އިތުރު ތަފްސީލެއް ވެސް ނުދެ އެވެ.
އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު އާއި އެ ޕާޓީގެ ވަގުތީ ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފެވެ. އެންމެ ބޮޑު ވާދައެއް އޮތީ ވެސް އެ މަގާމަށެވެ.
ހަސަން ދެންމެ ވިދާޅުވީ ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން މިއަދުގެ އިންތިހާބު ކާމިޔާބު ވެއްޖެ ކަމަަށެވެ. އަދި ވިދާޅުވީ މިއަދު މުޅި ރާއްޖޭގައި ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް ކަމަށާ ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން ކަމަަށެވެ.
ނަތީޖާ އިއުލާނު ކުރުން ފަސްކޮށްފައި ވަނިކޮށް އިންތިހާބުން މޮޅުވެއްޖެ ކަން ހަސަން އިއުލާނު ކުރުމުން އަމުރުގެ ސަޕޯޓަރުން ދަނީ ފާޑުކިޔަމުންނެވެ. ހަސަންގެ އިއުލާނު ކުރުމާމެދު ވެސް ސުވާލު އުފަައްދާފައިވެ އެވެ.
މިއީ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރީ މިދިއަ ޖުލައި މަހުގެ 12 ވަނަ ދުވަހުގަ އެވެ. ރަސްމީ ދަފުތަރު ބުނާ ގޮތުން ޑިމޮކްރެޓްސްގައި އަދި ތިބީ 3،280 މެންބަރުންނެވެ.
ރައީސް ނަސީދު ކުރާކަމެއް މާކަގިނަދުވަހަކު ކުރިޔަކަށަ ނުދާނެ
އުން ހޫން. ނު ރޫޅެއްޗެ އަދި އެހެން އެހެން.. ތި ދާ ވަރުން ދަންޏާ ރޫޅިދާނެ ޑިމޮކްރެޓސްވެސް