އެގްރި މިނިސްޓްރީ ވަގުތީ ގޮތުން ޣައްސާނަށް

މިނިސްޓަރު ރަމީލާއަށް ކެންސަރުގެ އާލާސްކަންފުޅެއް މެދުވެރިވުމާއެކު ރައީސް މުއިއްޒު ވަނީ އެކަމަނާއަށް އަވަސް ޝިފާއަކަށް އެދި ވަޑައިގެންފަ އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރީ ހިންގުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެގްރި މިނިސްޓަރީ، ޑިފެންސް މިނިސްޓަރު ޣައްސާނާ ވަގުތީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކުރެއްވެވީ އެގްރި މިިނިސްޓަރު ޑރ. އައިޝަތު ރަމީލާ، ޗުއްޓީއެއްގައި މިދިއަ މަހުގެ 23 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެ ކަމަނާގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން ކަމަށެވެ. 

މިނިސްޓަރު ރަމީލާ ޗުއްޓީއެއް ނެންގެވީ އެކަމަނާއަށް ކުރިމަތިވެ ވަޑައިގެންނެވި ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދެއްވުމަށެވެ. އެކަމަނާގެ އެ އާލަސްކަންފުޅު، އެކަމަނާ ފުރަތަމަ ހާމަ ކުރެއްވެވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި އެ ކަމަނާ ވިދާޅުވެފައި ވަނީ ކެންސަރު ބަލީގެ އާލަސްކަންފުޅެއްގައި އުޅުއްވާ ކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ނަމަވެސް އެކަމަނާ ތަހައްމަލު ކުރައްވަނީ ކެންސަރުގެ ކޮން ބާވަތެއް ކަން ހާމަ ކުރައްވާފައެއް ނުވެއެވެ.

އެކަމަނާ އޭރު ލިޔުއްވާފައި ވަނީ މިހެނެވެ:

"ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ އަދި ރޭޑިއޭޝަން ނެގުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރަން ވަނީ ހަމަޖެހިފައި. ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ހެޔޮ ދުއާ ކޮށްދިނުން އެދެން،"

ހައިޕަތާމިކް އިންޓްޕެރިޓޮނިއަލް ކިމޯތެރަޕީ، މި ފަރުވާއަކީ ބަނޑުގެ ކެންސަރަށް ދޭ ފަރުވާއެކެވެ.

މިނިސްޓަރު ރަމީލާއަށް ކެންސަރުގެ އާލާސްކަންފުޅެއް މެދުވެރިވުމާއެކު ރައީސް މުއިއްޒު ވަނީ އެކަމަނާއަށް އަވަސް ޝިފާއަކަށް އެދި ވަޑައިގެންފަ އެވެ. އަދި އެކަމަނާ ފަރުވާގެ ކަންކަމުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވުމާއެކު މުޅި ސަރުކާރު އެކަމާނާއާ އެކުގައި އޮތް ކަމަށް ވެސް ވަނީ ވިދާޅުވެފައި ވެއެވެ.

އެކަމަނާ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާ ގަދަވެ ވަޑައިގެން ހެޔޮ ހާލުކޮޅުގައި ވީހާވެސް އަވަހާ އަލުން ހިދުމަތަށް ވަޑައިގަތުމަށް މުޅި ސަރުކާރު އިންތިޒާރުގައި އޮތް ކަމަށް ވެސް ރައީސް ވިދާޅު ވެފައި ވެއެވެ.

ޑރ. އައިޝަތު ރަމީލާ - ރަމީލާ ވަނީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތުގެ މަގާމާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު އެންޑް އެންޑް ފެމެލީގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

ދިވެހި ސަރުކާރުގެ ހިދުމަތް ރަމީލާ ފެއްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ހިދުމަތްތަކުގެ ދާއިރާގައި ވެސް ރަމީލާގެ ހިދުމަތް ދިވެހި ގައުމަށް ދިޔައީ ލިބެމުން ދިޔަ އެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.