ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްގީ އެވެ. އޭގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް، އެރައްޔިތަކު އިހުތިޔާރު ކުރާ ތަނެއްގާ އުފާފާގަތި ކަމުގައި އާއިލާ ބިނާކޮށް ، ދިރިއުޅެވޭނެ މަގުފަހިކޮށް ދިނުމެވެ.
ލާމަރުކަޒީ ނިޒާމު ރާއްޖޭގާ ފުރިހަމަކޮށް އަށަގަން ނުވަން ޖެހޭނީ ފިސާރި ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި ދުވަހަކު ވެސް މި ނިޒާމާއި ބާރުތައް ރައްޔިތުންގެ އަތުން އެއްވެސް ވެރިޔަކަށް ދެން އަނބުރާ ފިރުކައި ނުގަނެވޭނެ މިންވަރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ލ. ގަމުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސް ހުޅުވައި ދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މިއަދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އަތް ނުލެވޭ އަދި ހަގީގަތެއް ނެތް ދިމާނުވާ، ބިލާހެއް ނޫންކަމުގެ ޔަގީންކަން އެންމެނަށް މިހާރު ލިބފައިވާ ކަމަށާއި ފެންނަން އޮތް އެންމެ ބޮޑު އެއް ކާމިޔާބަކީ ވެސް އެއީ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު މިއިން އަތޮޅެއް ، ރަށެއްގާ މީގެ ކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއް ޖެހީ މަރުކަޒީކޮށް މި ރަށްތަށް ގުޑި ނުލެވޭވަރު ކުރުމަށް އެހެންނަމަ ވެސް މިހާރު މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫޢެއްކަމުގާ ވިޔަސް އެއީ އެ ރަށަކަށްޓަކާ ކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ހިންގާ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި އުދުއްސައިގަނެ ވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްގީ ކަމަށާއި އޭގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް، އެ ރައްޔިތަކު އިހުތިޔާރު ކުރާ ތަނެއްގާ އުފާފާގަތި ކަމުގައި އާއިލާ ބިނާކޮށް ، ދިރިއުޅެވޭނެ މަގުފަހިކޮށް ދިނުން ކަމަށެވެ.
"ތިޔަ ބޭފުޅުން ކައުންސިލްތަކަށް އިންތިހާބުވެ ، ތިޔަ ތިއްބެވީ ތަރައްގީގެ ، މިމަސައްކަތް ކުރެއްވުމަށް. އަޅުގަނޑު މިމަގާމުގާ ދެމިހުންނާނީ ވެސް މި މަސައްކަތް މުޅިން ނިންމާ ވަށައިޖެހޭ ޖަޒީރާ ދިރިއުޅުމެއް. ހުރިހާ ދިވެހި ރައްޔިތުންނަށް ލިބި ދިނުމަށް އެނޫން އެއްވެސް ބޭނުމެއް އަމާޒެއް އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް،" ރައީސް މިއަދު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ނުގެނެސް މަޑުކޮށްފިނަމަ ކަންކަން އޮންނާނީ ކުރިން ވެސް އޮތްގޮތަށް މަޑުޖެހިފައި ކަމަށާއި މިހާރު ހިންގަމުން މިދާ ހުރިހާ ސިޔާސަތެއް ފަރުމާވެ ނިމި ހިނގަމުން ދާދިއުމުގެ މައިބަދައަކީ ލާމަރުކަޒީ ނިޒާމު ކަމު ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
"އެއީ އެހިދުމަތާ މިޚިދުމަތް އެ ވިޔަފާރިއާ މި ވިޔަފާރި އަދި އެރަށާ މިރަށް ގުޅިލާމެހިގެން ހިނގާ އުފާވެރި ޖަޒީރާ ދިރިއުޅުމެއް ހޯދުމަށް ތަނަވަސްކަމާ ބާއްޖަވެރިކަން މި ރަށްތަށް ލާ ވަށާލުމަށް" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އަދި ވިދާޅުވީ "ވިޔަވަތި ރާއްޖެ" ކޮންފަރެންސަށް އެއްވީ ހުރިހާ ކައުންސިލަރުންނާއި މޭޔަރުންނާ ، ޑަބްލިއުޑީސީގެ މެމްބަރުން ލާމުން ފެށިގެން އައްޑުއަށް އެކަންޏެއް ނޫން ކަމަށާއި ކޮންފަރެންސްގެ މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ ގެނެވުނު ގާނޫނީ ބަދަލު ތަންފީޒު ކުރެވެމުންދާ ގޮތް ބަލާ ދެނެގަތުން ކަމަށެވެ. ހިނގަނީ ރައްޔިތުން އެދޭ ގޮތަށްތޯ ކަށަވަރު ކުރުމަށެވެ. އަދި ލިބޭ އާ ހިޔާލާ އިތުރު މަޝްވަރާ ތަކާއެކު ކަންކަން ބަދަލުކޮށް އިސްލާހު ކުރާށެވެ.
"މިއީ އުމީ ފެންވަރުގާ ކަންކަމާމެދު މަޝްވަރާކޮށް ގޮތްތަށް ނިންމުމަށް ލިބޭ ފުރުސަތެއް. ރާއްޖޭގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމުގާ މި ކޮންފަރެންސްގެ ނިންމުންތަކަށް ރިއާޔަތް ކުރެވި، އެއަށް އަމަލީ ސިފަ އަންނާނެކަމީ ޔަޤީންކަމެއް."
ރާއްޖެ ލާމަރުކަޒު ވަމުންދާއިރު ސަރުކާރާ ކައުންސިލް ތަކުން ރިއާޔަތް ކުރަންޖެހޭ އިޖްތިމާއީ މައްސަލަ ތަކުގައި ބޮޑު ތިން ކަންމެއް ހިމެނޭ ކަމަށް އިޝާރާތް ކުރައްވާ ރައީސް މިއަދު ވިދާޅުވީ އެއީ ޒަމާންތަކަކަށް ވޮޑެމުން އައި އަކިރި ގަނޑަކަށް ގޮއްރާޅު އެރުން ފަދަ ކަމެއް ކަމަށެވެ.
"އެއީ އެއްވެސް އެއްބަޔަކަށް، އެކަނި ހައްލު ނުކުރެވޭނެ ކަމެއް ސަރުކާރު ކަމަށް ވިޔަސް ކައުންސިލްތަކާ ޑަބްލިއުޑީސީއާ ޖަމިއްޔާ ޖަމާޢަތްތަކާ ، ދައުލަތުގެ އަނެއް ދެބާރު ކަމުގާ ވިޔަސް މިކަމުގައި ތިބެން ޖެހޭނީ އެކުގާ. ހާއްސަކޮށް ، ކައުންސިލް ތަކުން ސަރުކާރާއެކު އެންމެ ބޮޑަށް އަތާއަތް ގުޅާލަން ޖެހެނީ މިކަމުގާ. ހަރުކަށި ފިކުރާ ، ގޭންގް ކުށްތަކާ ، މަސްތުވާތަކެތީގެ މައްސަލަ ތަކަކީ ، ރާއްޖޭގެ އިޖުތިމާއީ އުފާފާގަތި ކަމަށް އެޅިފައިވާ، އެންމެ ކަޅު ހިޔަނި މިކަމާމެދު ފުޅާ ދާއިރާއެއްގައި ކަވި މަޝްވަރާތަކެއް މި ބައްދަލުވުމުގައު ހިންގަވާ ދެއްވުން އަޅުގަނޑު އެދެން ،"
ރައީސް ވިދާޅުވީ ކޮންމެ ބައްދަލުވުމަކުން ހާސިލުވުން އެދޭ މުހިންމު އަމާޒުތަކެއް ހުންނަ ކަމަށައި މި ކޮންފަރެންސުން ހޯދެންޖެހޭ ނަތީޖާތަކެއް ވާ ކަމަށެވެ. ހުރިހާ ކައުންސިލްތަކުން ފާހަގަ ކުރާ އެއްކަމަކީ ލިބޭ ބްލޮކް ގްރާންޓްގެ އަދަދާއި ބޭނުންވާ ވަރާއި ލިބޭ މިންވަރުގާ ހުރި ތަފާތު ކަމަށްވާއިރު ގްރާންޓް ދޫކުރާ ފޯމިއުލާ އަށް ބަދަލުތަކެއް ގެނައުމުގެ ހުށައެޅުންތަށް މިބައްދަލުވުމުގެ މޭޒަށް އަންނާނެ ކަމަށެވެ.
"ތިޔަބޭފުޅުންގެ ޚިޔާލާ މަޝްވަރާ ކޮންމެހެން ބޭނުންވޭ. ބިނާކުރަނިވި ، އީޖާބީ ވިސްނުން އިސްކުރައްވާނެ ކަމާމެދަކު ، އަޅުގަނޑު ޝައްކެއް ނުކުރަން މީގެ އިތުރަށް ވެސް ، ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކާމެދު ބަހުސް ކުރެވި ނިންމުން ތަކަކަށް ވާސިލު ވެވޭނެ ކަމުގާ އަޅުގަނޑު ދެކެން." ރައީސް ވިދާޅުވި އެވެ.
ކައުންސިލް ތަކުގެ ހިންގުމައި ރަށުގެ ތަރައްގީ އާއި އިޖްތިމާޢީ ހުރިހާ ކަމެއްގައި އަންހެނުންގެ ބައިވެރިވުމާ ޝާމިލްވުން އަދިވެސް ބޮޑު ކުރަންޖެހޭ ކަމަށާއި މައްސަލައެއް ހައްލު ކުރަން އަދި ކާމިޔާބެއް ހޯދުމަށް ކަމުގާވިޔަސް ، އަންހެނުންގެ ދައުރު ފުޅާ ދާއިރާއެއްގާ އޮންނަންޖެހޭ ކަމަށް ރައިސް ވިދާޅުވި އެވެ.
"ޑަބްލިއުޑީސީއާ ، ކައުންސިލް އަދި ސަރުކާރު އެކުގާ ތިބެ ، ކުރާ މަސައްކަތުގެ ނަތީޖާ މާފޮނިވާނެ ގައުމުގެ ނުވަތަ އާބާދީގެ ދެބައިކުޅައެއްބައި ކަމުގައިވާ އަންހެނުންނަށް ، ބައިކުޅަބައި ދީގެން މާނަވީ ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމެއް ނުހޯދޭނެ،" ރައީސް ވިދާޅުވި އެވެ.