ކިޔެވުމާ އެއްވަރަށް ކުޅިވަރުގައި ވެސް ކުދިން ކުރިއަށް ގެންދަންޖެހޭ: ފަސްޓެ ލޭޑީ

މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވައި މެޑަމް ސާޖިދާ ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލު ކޮށްދެއްވާފައި

މެޑަމް ސާޖިދާ މުހައްމަދު މިއަދު ވާހަކަފުޅު ދައްކަވަނީ

ކިޔެވުމާ އެއްވަރަށް ކުޅިވަރުގައި ވެސް ކުދިން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ފަސްޓް ލޭޑީ މެޑަމް، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މިހެން ވިދާޅުވީ، މިއަދު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮ ކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދަން ކުރާ ކަމެއް ނޫން ކަމަށާއި ކަސްރަތެއްގެ ގޮތުގައި ބަލައިގެން ވެސް ކުރިއަށް ދިއުމަށް ވެސ އެކަމަނާ އެދިވަޑައިގަތެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން ބޭއްވި މި ފިއެސްޓާ ކުރިއަށް ގެންގޮސްފައި ވަނީ  މިދިއަ ބުރާފަތިން މިއަދަށް މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެނެވެ. މި ފިއެސްޓާގައި އެކި ސްކޫލްތަކުން ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައި ވެއެވެ.

މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވައި މެޑަމް ސާޖިދާ ވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލު ކޮށްދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.