ޕާކިސްތާނު ކުންފުންޏެއްގެ ބޭސް ރާއްޖޭގައި މަނާކޮށްފި

މި ބޭސްތަކުގެ އިތުރުން މިހާރު އޮތް އެޕްރޫވްޑް ޑްރަގް ލިސްޓު -- ރާއްޖެ އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސް ލިސްޓް -- ގައި ހިމެނޭ އެ ކުންފުނީގެ ބޭސްތަކުގެ އަދަދު 23 އަށް އަރަ އެވެ.

ޕާކިސްތާނު ކުންފުންޏެއްގެ ބޭސް ރާއްޖޭގައި މަނާކޮށްފި އެވެ. 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ޕާކިސްތާނުގައި ބޭސް އުފައްދާ "ފާމިކްސް ލެބޯޓަރީ" އިން އުފައްދާ ބައެއް ދިޔައި ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ "ޑައިއީތައިލިން ގްލައިކޯލް" އަދި "އިތައިލީން ގްލައިކޯލް" ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީގެ އެލާޓަކުން އަންގާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުންވެސް އެ ކުންފުނީގެ ދިޔައި ބޭހުގައި އެ ދެ މާއްދާ ހިމެނޭ ކަމަށް ވަނީ އެލާޓް ،ކޮށްފައިވާ ކަމަށެވެ.

އެމްޑީއޭން ބުނީ ރާއްޖޭގެ މާކެޓްގައި ހުރި އެ ކުންފުނީގެ ދެ ބޭހަކުން ވެސް އެ ކެމިކަލް ފެނިގެން މިހާރު އެ ދެ ޕްރޮޑަކްޓް މަނާ ކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުގެ އެ ކުންފުނީގެ ދިޔާބޭސް އުފެއްދުމުގައި މި މައްސަލަ ފާހަގަ ކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މިހާރު ވަނީ މަނާކޮށްފަ އެވެ.

އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި އެ ކުންފުނީގެ ދިޔާ ބޭސްތައް ފާމަސީތަކުން ނަގާ، އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލަން ވެއް ވަނީ އަންގާފަ އެވެ. 

އެޕްރޫވްޑް ލިސްޓުގައި ހިމެނޭ އެ ކުންފުނީގެ ދިޔާ ބޭސް

  • 1.Azithromycin - އެޒިތްރޮމީސިން
  • 2.Cetirizine HCl - ސިޓްރެޒިން އެޗްސީ އައި
  • 3.Clarithromycin - ކްލަރިތރޮމީސިން
  • 4.Domperidone - ޑޯމްޕެރިޑޯން
  • 5.Iron Protein Succinate - އަޔަން ޕްރޮޓިން ސަކްސިނޭޓް
  • 6.Ketotifen Fumarate - ކެޓޮޓިފެން ފިއުމަރޭޓް

މި ބޭސްތަކުގެ އިތުރުން މިހާރު އޮތް އެޕްރޫވްޑް ޑްރަގް ލިސްޓު -- ރާއްޖެ އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސް ލިސްޓް -- ގައި ހިމެނޭ އެ ކުންފުނީގެ ބޭސްތަކުގެ އަދަދު 23 އަށް އަރަ އެވެ. ނަމަވެސް އެމްއެފްޑީން ވަނީ އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.