ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ހަފުލާގައި ރައީސް ބައިވެރިވެވަޑައިގެންފި

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ދާއިރާއިން ޔޫއޭއީ އިން ދޭ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެކެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ބައިވެރިވެ ވަޑައިގެންފިއެވެ. 

މިއަދު ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވޯޑް ހަފުލާއަކީ 2008 ވަނަ އަހަރު ގާއިމުކުރި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑެވެ. އެ އެވޯޑަކީ ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ގޮތުން އިޖާދީ އުފެއްދުންތައް އުފައްދާ ފަރާތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށް، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ، އިތުރަށް ބާރުވެރިކުރުވުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ދާއިރާއިން ޔޫއޭއީ އިން ދޭ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތް ކުރެވެނީ އެ ގައުމުގެ ބާނީ ޝައިގް ޒައިދު ބިން ސުލްތޯން އަލް ނަޙްޔާންގެ ހިދުމަތްތަކަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންނެވީ ކޮޕް-28، ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.