މި މައްސަލަ ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ އިރު، ފަހަކަށް އައިސް މާލޭގައި ގްރޫޕް މާރާމާރީތައް ހިނގުން ވަނީ މަދުވެފަ އެވެ. އެހެން މަދުވެފައި އޮތުމަށް ފަހު ދޭތެރެ ދޭތެރެއިން ހަމަނުޖެހުންތައް ހިނގައި ހަމަލާ ބަދަލު ކުރެ އެވެ.
މާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި މިއަދު ހަމަނުޖެހުން ހިނގައި ހޫނުވެ މާރާމާރީއެއް ހިނގައިފި އެވެ. ފުލުސް އިދާރާއިން ވަނީ އެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރަށް ނަގާފަ އެވެ.
އެ ސަރަހައްދުގައި ދެ ގްރޫޕަކުން މާރާމާރީތަކެއް ހިންގި ނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.