އާދީއްތަ ދުވަހުގެ އެޖެންޑާއަށް އީވާގެ މައްސަލަ ލަނީ

މިއީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ. ފުރަތަމަ އެ މައްސަލަ މަޖިލިހަށް ވެއްދީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިންނެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކި ކުރުމަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާއަށް ލާން ނިންމައިފި އެވެ. 

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ 50  މެންބަރުންގެ ސޮޔާއި އެކުއެވެ.އެ މައްސަލައިގެ ނޯޓިސް އީވާ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ގަ އެވެ. އީވާގެ މައްސަލަ އެޖެންޑާ ކުރަން ނިންމާފައިވާކަން މެންބަރުންނަށް ވެސް ވަނީ އަންގާފަ އެވެ. 

މަޖިލީހުގެ އަމީން އާންމުގެ ފަރާތްޕުޅުން މެންބަރުންނަށް ފޮނުވި ސިޓީގައި ބުނަނީ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާގެ އަކުރު (ނ) ގައި ބަޔާންކުރާ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ އަކުރު (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

އެހެންވެ ޑިސެމްބަރު ތިން ވަނަ ދުވަހު ބާއްވާ ޖަލްސާގައި މި މައްސަލަ އެޖެންޑާ ކުރާނެ ކަމަށެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތާމެދު އާންމު ކޮމިޓީގައި ވަނީ މަޝްވަރާކޮށް ނިންމާފައިވަނީ މި މައްސަލައިގައި ކޮންމެ މެންބަރަކަށް ތިން މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތަށް ފުރުސަތު ދޭށެވެ. އެއީ އެއް ފުރުސަތެވެ.

މިއީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ. ފުރަތަމަ އެ މައްސަލަ މަޖިލިހަށް ވެއްދީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކުގައި އީވާ އާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ވެސް އޭރު އަނބުރާ ގެންދިޔަ އެވެ. 

ކޮމެންޓް

1
450
އައްޔަ
9 months ago

މާބޮޑަށްވެސް ލަސްވެއްޖެ. ރައީސް ނަޝީދު ގެ މައްސަލަ ނިމުމާއެކު އީވާ ގެ މައްސަލް ވެސް ޖެހޭނެ ބަލަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.