ހުޅުމާލެ އެކްސިޑެންޓްގައި ހާލު ދެރަވި އެކަކު މަރުވެއްޖެ

މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ރޭ ދަންވަރު 2:50 ހާއިރު މަރުވެފައިވާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ހާލު ދެރަވި ފިރިހެން މީހާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކްސިޑެންޓްވީ ސައިކަލާއި ކާރު: މީހަކު ވަނީ މަރުވެފައި --

މިދިޔަ ހަފްތާ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންގައި ހާލު ސީރިއަސްވި އެކަކު މަރުވެއްޖެ އެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ކާރަކާއި ތިން ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓްގައި ހަތަރު މީހަކަށް ވަނީ އަނިޔާ ވެފަ އެވެ. އޭގެ ތެރެއިން އެއް ސަރިކަލުގައި ތިބި ދެމަފިރިއެއްގެ ހާލު ވަރަށް ސީރިއަސްވެ އެކަކަށް ފަރުވާ ދެމުން ދިޔައީ އައިސީޔޫގަ އެވެ. އެއީ މިއަދު މަރުވި ފިރިހެން މީހާ އަދި އޭނާގެ ސައިކަލު ފަހަތުގައި އިން އޭނާގެ އަންހެނުންނެވެ.

މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ރޭ ދަންވަރު 2:50 ހާއިރު މަރުވެފައިވާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ހާލު ދެރަވި ފިރިހެން މީހާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 30 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ މިމަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރުމުން، ހަތް ދުވަހަށް ބަންދު ކުރަން ހުޅުމާލެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

އޭގެ ފަހުން މި ހަފްތާ ދެ އެކްސިޑެންޓް ހުޅުމާލޭގައި ހިނގައިފި އެވެ. އޭގެ ތެރެއިން އާދީއްތަ ދުވަހު ސައިކަލެއް އެކްސިޑެންޓްވެ އަނިޔާވި ދެ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި، ހައިވޭން ހުޅުމާލެއާ ގުޅޭ ސަރަހައްދުގައި ކާރަކާއި ދެ ސައިކަލެއް ޖެހިގެން އިއްޔެ އެކްސިޑެންޓެއް ހިނގި އެވެ. މި އެކްސިޑެންޓްގައި ވެސް ދެ މީހަކަށް ވަނީ އަނިޔާ ލިބިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.