އަލީގެ ޕާސްޕޯޓް ހިފަހައްޓަން ހުށަހެޅި މައްސަލަ ވެސް ބޭރު

ޕާސްޕޯޓުގެ މި މައްސަލައިގައި ވެސް މީގެ ކުރިން އަލީ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ސުޕްރީމް ކޯޓުގައި އޮތް ޕާސްޕޯޓް ހިފެހެއްޓުމުގެ އިސްތިއުނާފް މައްސަލަ ނަގަން ޕީޖީން އޮތީ އެދިފައި --

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ދައުވާ ކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަން އެދިއްޖެ އެވެ.

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ރާއްޖެއިން ފިއްލަވާފަ އެވެ. 

އޭނާ ރާއްޖެއިން ފިއްލެވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި، އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ހަތަރު މަހަށް ޕާސްޕޯޓު ދޫޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވުމުންނެވެ. ޕާސްޕޯޓް ދޫކޮށްލީ، އޭނާ ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިނުމަށް އެކުވެރިޔާ އަސްހަދު އަލީ ކޯޓުގައި ޖާމިނުވުމުންނެވެ.

ނަމަވެސް، އޭގެ ފަހުން އޭނާ ކޯޓަށް ހާޒިރެއް ނުވެ އެވެ. ޗިޓު ވެސް ރައްދެއް ނުކުރެވެ އެވެ. ދައުލަތުން އޮތީ އަލީގެ ޕާސްޕޯޓް ހިފަހައްޓައި ދިނުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވާފައިވާއިރު، އަލީގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލައިގައި އުފުލި ދައުވާތައް ކުރިއަށް ނުގެންދެވިގެން ކޯޓުން އޮތީ ޕީޖީ އޮފީހަށް އަނބުރާ މައްސަލަ ފޮނުވާލާފަ އެވެ. އަދި އެ މައްސަލައިގައި ހެކިބަސް ދޭން ތިބި ގިނަ ބަޔަކު މައްސަލަ ނަގަން ބޭނުންވާތީ ޕީޖީ އިން ފުލުހަށް މައްސަލަ ފޮނުވުމުން އޮތީ ފައިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ދައުލަތުން އިއްޔެ ބުނެފައި ވަނީ، އަސްލު މައްސަލަ ފައިލްކޮށްފައި އޮތުމުން ޕާސްޕޯޓުގެ މައްސަލަ ވެސް އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ. އެކަން ކޯޓުގައި އެދިފައި ވެސް ވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ އަޑުއެހުން ނިންމާލީ ލިޔުމުން ވަކި އެއްޗެއް އަންގާނެ ކަމަށް ބުނެ އެވެ. ނަމަވެސް މިއަދު ޕީޖީ އޮފީހުން ބުނީ އަދި ކޯޓުން ވަކި އެއްޗެއް ނާންގާ ކަމަށެވެ. އެކަމަކު ދައުލަތުން މައްސަލަ ނަގަން އެދިފައި ވާތީ ބޭރުކޮށްލާނެ ކަމަށް ބެލެވެ އެވެ.

ޕާސްޕޯޓުގެ މި މައްސަލައިގައި ވެސް މީގެ ކުރިން އަލީ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. އެހެންވެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކުރި އެވެ. އެކަމަކު އެ ހުކުމް ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކޯޓުން ބޭރުކޮށްލުމުން މިއަހަރުގެ ޖުލައި މަހު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އިއްޔެ އޮތް ސުޕްރީމް ކޯޓު އަޑުއެހުމަށް ވެސް ވަނީ ވަކީލުންނާއެކު ހާޒިރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.