ތުރުކީ އާއި ރާއްޖެގެ ފަސްޓް ލޭޑީން ބައްދަލު ކުރައްވައިފި

ރައީސް މުއިއްޒު ނޮވެމްބަރު 26 އިން 29 އަށް ތުރުކީއަށް ފެއްޓެވި މި ދަތުރުފުޅަކީ އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކަމަކު ފުރަތަމަ ސްޓޭޓް ވިޒިޓެއް ނޫނެވެ.

މެޑަމް ސާޖިދާ މުހައްމަދު އާއި މެޑަމް އެމީނޭ އުރުދުޣާން

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާންގެ އަނބިކަނބަލުންނާއި ރާއްޖޭގެ ރައީސްގެ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ބައްދަލު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު  ތުރުކީއަށް ފެއްޓެވި އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދާއި ތުރުކީގެ ފަސްޓް ލޭޑީ އެމީނޭ އުރުދުޣާން ބައްދަލު ކުރައްވާފައި ވަނީ ސްޓޭޓް ގެސްޓްހައުސްގަ އެވެ.

ދެ ގައުމުގެ ފަސްޓް ލޭޑީންގެ މި ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވަނީ ވަނީ މިިދިއަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ބައްލަވާލައްވާ އެކަމާ ގުޅިގެން ހިތާމަ ކުރައްވާކަން ފާޅު ކުރައްވާފަ އެވެ. 

އަދި ހަނގުރާމައިގެ އަސީރުން ދޫކޮށްލުމުގެ އިތުރުން ހަމަލާތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފަ އެވެ. 

އެ ދެ ބޭފުޅުންގެ އެ ބައްދަލުވުމުގައި "ގްލޯބަލް ކޮމިޓްމަންޓް ޓު ޒީރޯ ވޭސްޓް ފޯ ދަ ވޯލްޑް، އަވަ ކޮމަން ހޯމް" ގައި ސޮއި ކުރައްވާފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.