ޑރ. ސުރޭޝް އައްޕަވޫއަކީ ހިއުމަނިޒަމް، އިކުއިޓީ އެންޑް އެންޓި ރޭސިޒަމް ވެސްޓާން ޔުނިވާސިޓީ އޮފް ހެލްތް އެންޑް ސައިންސްގެ ނައިބު ރައީސެވެ. އަދި، އިކުއިޓީ އެންޑް ޑައިވާސިޓީ ސަދާން އޮރެގަން ޔުނިވާސިޓީގެ ސީނިއާ އެގްޒެކެޓިވް އެވެ.
މަޝްހޫރު ޑރ. ސުރޭޝް އައްޕަވޫ ހިންގި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ވޯކްޝޮޕެއްގައި މިއަންޒް އިންޓަނޭޝަނަލް ކޮލެޖު (އެމްއައި ކޮލެޖް)ގެ އެކަޑަމިކް ސްޓާފުން ބައިވެރިވެއްޖެ އެވެ.
ޑރ. ސުރޭޝް އައްޕަވޫއަކީ ހިއުމަނިޒަމް، އިކުއިޓީ އެންޑް އެންޓި ރޭސިޒަމް ވެސްޓާން ޔުނިވާސިޓީ އޮފް ހެލްތް އެންޑް ސައިންސްގެ ނައިބު ރައީސެވެ. އަދި، އިކުއިޓީ އެންޑް ޑައިވާސިޓީ ސަދާން އޮރެގަން ޔުނިވާސިޓީގެ ސީނިއާ އެގްޒެކެޓިވް އެވެ.
ދެ ދުވަހުގެ މުއްދަތަށް މި ވޯކްޝޮޕް ކުރިޔަށް ގެންގޮސްފައި ވަނީ ހުޅުމާލޭގެ ސެންޓާ ފޯ ހަޔާ އެޑިއުކޭޝަންގަ އެވެ. މި ވޯކްޝޮޕްގައި، ސެޝަންތަކުގެ ބައިވެރިންނަށް ތައުލީމީ ގޮތުން ކުރިއެރުމަށް ކޮންމެހެން ބޭނުންވާ މުހިންމު މައުލޫއުތައް ދީފައިވެ އެވެ. އޭގެތެރޭގައި ގައުމީ ކިޔަވައިދިނުމުގެ މިންގަނޑުތަކާއި، އިންސްޓްރަކްޝަނަލް ޑިޒައިންއާއި، ޑައިނެމިކް ކަރިކިއުލަމް ޑިވެލޮޕްމަންޓާއި އެހެނިހެން ކަންކަމާ ގުޅޭ އެންމެ ފަހުގެ އިލްމާއި ހުނަރު ހިމެނެ އެވެ.
މި ވޯކްޝޮޕް ނިންމާލާފައި ވަނީ އެމްއައި ކޮލެޖުގެ އިސް އޮފިޝަލުން ކަމަށްވާ ރެކްޓާ، ޗެއާޕާސަން އަދި ޑިރެކްޓަރުން ބައިވެރިވެވަޑައިގަތް ލީޑަޝިޕް މަޝްވަރާ އަކުންނެވެ. މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި ބަހުސް ކުރެވުނީ، އިންސްޓިޓިއުޓްތައް ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ފެކަލްޓީތައް ކުރިއަރުވަން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.
"އަޅުގަނޑުމެން ވައުދުވަނީ އެންމެ ޒަމާނީ ތަރައްގީގެ ފުރުސަތުތަކާއެކު މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް،" މި ވޯކްޝޮޕާ ގުޅިގެން ކޮލެޖްގެ ރެކްޓާ ލަމްޔާ ވިދާޅުވެފައިވެ އެވެ.
މި ވޯކްޝޮޕަކީ ކޮލެޖުގެ މޮޓޯ، "އިންސްޕަޔަރިން އެކްސެލެންސް" އާ އެއްގޮތަށް އެކަޑަމިކް ސްޓާފުންގެ ކުރިއެރުމަށް ކުރެވުނު މުހިންމު އިންވެސްޓްމެންޓެއް ކަމަށް އެ ކޮލެޖުން ބުނެފައިވެ އެވެ.