ބްރޯޑްކޮމާއި އެމްއެމްސީގެ މެންބަރުންނާ މަޝްވަރާ ކޮށްފި

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި މި ދާއިރާ ގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

މިއަދުގެ ބައްދަލްވުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް، ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި މި ދާއިރާ ގައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. މިގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ ލީގަލް ރީފޯމް ހުއްޓިފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

އަދި ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ބްރޯޑްކާސްޓިންގް ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވައުދާއި މީޑިއާގެ އިލްމީ ޖީލެއް ބިނާކުރުމަށާއި މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ވެވެޑައިގެންނެވި ވައުދަށް މަރުހަބާ ކިޔާ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 10 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން މިވަނީ ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.